ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏަކަށް ތޫނު ހަތިޔާރާއެކު ބަޔަކު އެރި މައްސަލައިގައި 3 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ލ.އަތޮޅު އެތެރެވަރި ވަޑިނޮޅު ކަނޑުގައި އޮތް މަސް ދޯންޏަކަށް ތޫނު އެއްޗެއްސާއެކު އެރިކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން 3 މީހަކު ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައިކަމަށެވެ. އޭގެތެރޭގައި ހިމެނެނީ 25 އަހަރުގެ ދެ ފިރިހެނުންނާއި 22 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން ބުނެއެވެ. އަދި އެމައްސަލަ މިހާރު ތަހުޤީޤްކުރަމުންދާކަމަށްވެސް ފުލުހުން ބުނެފައި ވެއެވެ.



ލ .އަތޮޅުގައި ތޫނު ހަތިޔާރާއެކު ދޯންޏަކަށް ބަޔަކު އެރީ އެ ދޯނި ވިއްކި ފަރާތުން ފޮނުވައިގެން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ފަރާތުން ބުނަނީ އެ ދޯންޏަކީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އޭނާގެ އަތުން 7 މިލިއަން ރުފިޔާއަށް ބައްލަވައިގަތް ދޯންޏެއް ކަމަށެވެ. ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް ފައިސާ ދައްކާފައި ނުވާތީ ދޯނި ލ. އަތޮޅަށް ވަނުމުން ދޯނި އަނބުރާ އަތުލަން އެ ދޯންޏަށް އެރީ ކަމަށް ވެރިފަރާތުން ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު


19

މުހުމަދު

27-Oct-2020

އެންމެފުރަތަމަ ހިފާހައިޔަރުކުރަންޖެހެނީ ތިބުނާ ވެރިމީހާ އެނަޖެހޭ އުމުރަ ޖަލަލާން ތިފާޑަކަމިރައްޖޭގަ ނުޅެވޭނެ



ޓްރެންޑިން