ދިވެހިރާއްޖޭގެ ފެހި ގާނޫނުއަސާސީއަށް 18 އަހަރު ފުރުނު މުނާސަބަތުގައި، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށާއި، އިގްތިސާދީ އަދި އިޖުތިމާއީ އޮނިގަނޑަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ގާނޫނުއަސާސީ އިސްލާހުކުރަންޖެހޭ ކަމަށް ވިދާޅުވެ، ވަރަށް ތަފްސީލީ ހުށަހެޅުންތަކެއް ހުށަހަޅުއްވާފައެވެ.
އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ، 2004 އިން 2008 އަށް ގާނޫނުއަސާސީ އެކުލަވައިލުމަށް ކުރި މަސައްކަތުގައި ރައްޔިތުން ވަރަށް ފޮނި އުންމީދުތަކެއް ކުރި ނަމަވެސް، ވޭތުވެދިޔަ 18 އަހަރުގެ ތެރޭގައި އެއް ބާރުގެ ނުފޫޒު އަނެއް ބާރުގެ މައްޗަށް އިންތިހާއަށް އޮތުމުގެ ސަބަބުން ގައުމު ދާންޖެހޭ މިސްރާބަށް ނުދާ ކަމުގެ ބޮޑު ކަންބޮޑުވުމެއް ރައްޔިތުންގެ މެދުގައި އެބައޮތް ކަމަށެވެ. އެގޮތުން ދައުލަތުގެ ބާރުތައް ވަކިކޮށްފައިވާ އިންތަކާ ޚިލާފަށް ކަންކަން ހިނގަމުންދާކަން ފައިސަލް ފާހަގަކުރެއްވިއެވެ.
ވެރިކަމުގެ ނިޒާމަށް ގެންނަންޖެހޭ އެންމެ މުހިންމު އިސްލާހެއްގެ ގޮތުގައި ފައިސަލް ހުށަހެޅުއްވީ، ސަރުކާރު ހިންގުމަށް ރައްޔިތުންގެ ސީދާ ވޯޓަކުން ހޮވާ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން، ދައުލަތުގެ އިސްވެރިއަކު (ހެޑް އޮފް ސްޓޭޓް) ސީދާ ރައްޔިތުންގެ ވޯޓަކުން ހޮވާ ގޮތަށް ބަދަލުކުރުމަށެވެ. މި މަގާމަކީ ސިޔާސީ ޕާޓީއެއްގެ ބައިވެރިވުމެއް ނެތް ސިޔާސީ ނޫން މަގާމެއްގެ ގޮތުގައި ކަނޑައަޅައި، ގާނޫނުތައް ތަސްދީގުކުރުމާއި، އުއްތަމަ ފަނޑިޔާރު އައްޔަންކުރުމާއި، މިނިވަން މުއައްސަސާތަކަށް ނަން ހުށަހެޅުމުގެ ބާރު އެ ފަރާތަށް ދޭންޖެހޭ ކަމަށް ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން ދައުލަތުގެ ނަމުގައި ބޮޑެތި ދަރަނި ނަގާ ނަމަ، އެ ނިންމުން އަލުން މުރާޖައާކުރަން މަޖިލީހަށް ފޮނުވުމުގެ ބާރުވެސް ދައުލަތުގެ އިސްވެރިޔާއަށް އޮންނަންޖެހޭނެ ކަމަށް ފައިސަލް ދެކެވަޑައިގަންނަވައެވެ.
ގާނޫނު ހަދާ މަޖިލީހުގެ ދާއިރާއިން ފައިސަލް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 60 އަށް މަދުކޮށް، މުޅި އަތޮޅުން ވޯޓުދީގެން މެންބަރުން އިންތިޚާބުކުރާ ގޮތަށް ބަދަލުކުރުމަށެވެ. އަދި މިނިވަން މުއައްސަސާތަކަށް މީހުން އައްޔަންކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ހަމަޖައްސައި، ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކަށް އައްޔަންކުރެވޭނެ ސިޔާސީ މުވައްޒަފުންގެ އަދަދާއި މިންގަނޑުތައް ގާނޫނުން ކަނޑައަޅަންޖެހޭ ކަމަށްވެސް ވިދާޅުވިއެވެ. ކޮރަޕްޝަން ނައްތާލުމަށްޓަކައި ގައުމީ ޕްރޮކިއުމަންޓް އޮފީހެއް އުފައްދައި، ދައުލަތުގެ ހުރިހާ މަޝްރޫއުތަކެއް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމުގެ މުހިންމުކަންވެސް ފައިސަލް ފާހަގަކުރެއްވިއެވެ.
އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއިން ފައިސަލް ގޮވާލެއްވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރު ބަދަލުވި ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމުކުރާ ދުރުރާސްތާގެ ޕްލޭނެއް އެކުލަވައިލުމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކާއި ރިސޯޓުތަކުގެ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށްވެސް ބާރުއެޅުއްވިއެވެ. ކޮންމެ ރައްޔިތަކަށް އެކަށީގެންވާ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައި، އިޖުތިމާއީ ރައްކާތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އާއިލާތަކުގެ ހާލަތަށް ވަކިވަކިން ބަލައި އެހީތެރިކަންދޭ ނިޒާމެއް ގާއިމުކުރުމަށްވެސް ފައިސަލްގެ ހުށަހެޅުންތަކުގައި ހިމަނުއްވާފައިވެއެވެ.
ނިންމަވާލައްވަމުން ފައިސަލް ވިދާޅުވީ، މި ބަދަލުތަކަކީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުން އެދޭ ފަދަ އިންސާފުވެރި އަދި ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ކޮންމެހެން ބޭނުންތެރި ބަދަލުތަކެއް ކަމަށެވެ.

ފެހި ޤާނޫނުއަސާސީ އަށް މިއަދު 18 އަހަރު ފުރިގެންދާއިރު، ވެރިކަމުގެ ހަތަރު ދައުރެއް ރައްޔިތުންނަށް ވަނީ ފެނިފައި އެވެ. ވޭތުވެ ދިޔަ 18 އަހަރުގެ ތެރޭގައި ފެނިގެން ދިޔަ ވެރިކަންތަކުގެ ތެރެއިން، ރާއްޖެ އަށް ތަފާތު ހެޔޮ ބަދަލުތައް ވެސް އަތުވެއްޖެ އެވެ. ނަމަވެސް، ފެހި ޤާނޫނުއަސާސީގައި… pic.twitter.com/oMT5TGVHqC
— Faisal Naseem (@FaisalNasym) August 7, 2026
އިގްތިސާދީ އަދި އިޖުތިމާއީ ދާއިރާއިން ފައިސަލް ގޮވާލެއްވީ، ރާއްޖޭގެ ތަރައްގީގެ މަޝްރޫއުތައް ސަރުކާރު ބަދަލުވި ނަމަވެސް ހުއްޓުމެއް ނެތި ކުރިއަށް ގެންދަން ލާޒިމުކުރާ ދުރުރާސްތާގެ ޕްލޭނެއް އެކުލަވައިލުމަށެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާގެ މަތީ މަގާމުތަކާއި ރިސޯޓުތަކުގެ ތާޑް ޕާޓީ ވިޔަފާރިތައް ވަކި މުއްދަތެއްގެ ތެރޭގައި ދިވެހިންނަށް ލިބޭނެ ގޮތަށް ސިޔާސަތުތައް ބައްޓަންކުރުމަށްވެސް ބާރުއެޅުއްވިއެވެ. ކޮންމެ ރައްޔިތަކަށް އެކަށީގެންވާ ދިރިއުޅުމެއް ކަށަވަރުކޮށްދިނުމަކީ ދައުލަތުގެ ޒިންމާއެއް ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅައި، އިޖުތިމާއީ ރައްކާތެރިކަމާއި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި އާއިލާތަކުގެ ހާލަތަށް ވަކިވަކިން ބަލައި އެހީތެރިކަންދޭ ނިޒާމެއް ގާއިމުކުރުމަށްވެސް ފައިސަލްގެ ހުށަހެޅުންތަކުގައި ހިމަނުއްވާފައިވެއެވެ.
ނިންމަވާލައްވަމުން ފައިސަލް ވިދާޅުވީ، މި ބަދަލުތަކަކީ ރާއްޖޭގައި ހެޔޮ ވެރިކަމެއް ގާއިމުކޮށް، ރައްޔިތުން އެދޭ ފަދަ އިންސާފުވެރި އަދި ފުދުންތެރި ގައުމަކަށް ރާއްޖެ ހެދުމަށްޓަކައި ގާނޫނުއަސާސީއަށް ގެންނަންޖެހޭ ކޮންމެހެން ބޭނުންތެރި ބަދަލުތަކެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު