އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫސުފް--
އެންވަޔަރަމަންޓްގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިޝް ޔޫސުފް--
މޮންޓްރިއަލް ޕްރޮޓޮކޯލް ފުރިހަމައަށް ތަންފީޒުކުރުމުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަގީންކަން އެންވަޔަރަަމަންޓް މިނިސްޓްރީން ދީފިއެވެ.

މޮންޓްރިއަލް ޕްރޮޓޮކޯލްގެ ބައިވެރިންގެ 38 ވަނަ ބައްދަލުވުމުގެ ހައިލެވެލް ސެގްމަންޓްގެ ތެރެއިން ކުރިއަށްދިޔަ ކިގާލީ އެމެންޑްމަންޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވި ރައުންޑްޓޭބަލްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން، އެންވަޔަރަަމަންޓްގެ ސްޓޭޓް މިނިސްޓަރު އަލީ ފާރިސް ވަނީ ވޭތުވެދިޔަ ދިހަ އަހަރު ދުވަހުގެ ތެރޭގައި އޯޒޯން ފަށަލަ ހިމާޔަތްކުރުމަށާއި، ވިހަ ގޭސްތައް މަދުކުރުމަށް ރާއްޖެއިން ހޯދާފައިވާ ބޮޑެތި ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މި ބައްދަލުވުމަކީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ދުނިޔޭގެ ފެންވަރުގައި ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މަގުސަދުގައި ދުނިޔޭގެ އެކި ގައުމުތަކުގެ އިސް ވެރިންނާއި މަންދޫބުން ބައިވެރިވެވަޑައިގެންނެވި މުހިންމު މަޝްވަރާ ބައްދަލުވުމެކެވެ.

ރާއްޖެއިން އަބަދުވެސް ވަކާލާތު ކުރަމުންދަނީ ތިމާވެށީގެ ނާޒުކު ހާލަތުން އަރައިގަތުމަށް ބައިނަލްއަޤްވާމީ އެއްބަސްވުންތަކަށް ފުރިހަމައަށް އަމަލުކުރުމަށްކަމަށް މިނިސްޓްރީން ބުންޏެވެ.



ކިޔުންތެރިންގެ ހިޔާލު