ދިވެހިރާއްޖޭގެ މަޝްހޫރު މޮޑެލް އަދި ސޯޝަލް މީޑިއާ އިންފްލުއެންސަރު ފާތިމަތު ޒަޔާން އިބްރާހިމް (ކައިޒީން)، އޭނާގެ ކޮއްކޮގެ އުފަންދުވަހުގެ މުނާސަބަތުގައި ހުޅުމާލެއިން ލަގްޒަރީ އެޕާޓްމެންޓެއް ހަދިޔާކޮށްފިއެވެ.
ގިނަ ދުވަސްތަކަކަށްފަހު ކައިޒީންގެ ޓިކްޓޮކް އެކައުންޓުން އާންމުކުރި ވީޑިއޯއެއްގައި ފެންނަނީ، އޭނާގެ ކޮއްކޮއާއެކު އެ އެޕާޓްމެންޓަށް ވަންނަ މަންޒަރެވެ. އަދި އެޕާޓްމެންޓުގެ ރަސްމީ ލިޔެކިޔުންތައް (އެގްރީމެންޓް) ކޮއްކޮއާ ހަވާލުކުރާ މަންޒަރުވެސް މި ވީޑިއޯއިން ފެނިގެންދެއެވެ.
ކައިޒީންގެ ފަރާތުން ކޮއްކޮއަށް ހަދިޔާކުރި މި އެޕާޓްމެންޓަކީ ހުޅުމާލެ ފޭސް 2 ގެ ހުޅަނގު ފަރާތުގައި ތަރައްގީކުރަމުންދާ "ބޭފެންސީ ރެސިޑެންސް" ގެ 3+1 ކޮޓަރީގެ އެޕާޓްމެންޓެކެވެ.
މި އިމާރާތަކީ ތަފާތު ފެންވަރުގެ އެޕާޓްމެންޓްތަކާއި ސްކައި ވިލާތައް ހިމެނޭހެން، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރާ ތަނެކެވެ. އެގޮތުން، އިމާރާތުގެ 17 ވަނަ ފަންގިފިލާގައި އިންފިނިޓީ ޕޫލަކާއި، ޒަމާނީ ފެންވަރުގެ ޖިމެއްގެ އިތުރުން، ވެލްނަސް ސްޓޫޑިއޯއަކާއި ބާބަކިއު އޭރިއާއެއް ފަދަ ލަގްޒަރީ ހިދުމަތްތައް ހިމެނެއެވެ.
އިންސްޓަގްރާމްގައި 153،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި ކައިޒީންއަކީ، ރާއްޖޭގެ ވިޔަފާރިތަކާއި އުފެއްދުންތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކޮންޓެންޓް ކްރިއޭޓާއެކެވެ.

@kaizeenkai She is my baby fr 🥹❤️🏡 #birthdaygift #homeowner #sisters #fyp #viral ♬ original sound - sylvie
ކައިޒީންގެ ފަރާތުން ކޮއްކޮއަށް ހަދިޔާކުރި މި އެޕާޓްމެންޓަކީ ހުޅުމާލެ ފޭސް 2 ގެ ހުޅަނގު ފަރާތުގައި ތަރައްގީކުރަމުންދާ "ބޭފެންސީ ރެސިޑެންސް" ގެ 3+1 ކޮޓަރީގެ އެޕާޓްމެންޓެކެވެ.
މި އިމާރާތަކީ ތަފާތު ފެންވަރުގެ އެޕާޓްމެންޓްތަކާއި ސްކައި ވިލާތައް ހިމެނޭހެން، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ބިނާކުރާ ތަނެކެވެ. އެގޮތުން، އިމާރާތުގެ 17 ވަނަ ފަންގިފިލާގައި އިންފިނިޓީ ޕޫލަކާއި، ޒަމާނީ ފެންވަރުގެ ޖިމެއްގެ އިތުރުން، ވެލްނަސް ސްޓޫޑިއޯއަކާއި ބާބަކިއު އޭރިއާއެއް ފަދަ ލަގްޒަރީ ހިދުމަތްތައް ހިމެނެއެވެ.
އިންސްޓަގްރާމްގައި 153،000 އަށްވުރެ ގިނަ ފޮލޯވަރުން ތިބި ކައިޒީންއަކީ، ރާއްޖޭގެ ވިޔަފާރިތަކާއި އުފެއްދުންތައް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ ކޮންޓެންޓް ކްރިއޭޓާއެކެވެ.
ކިޔުންތެރިންގެ ހިޔާލު