ކ. ގާފަރު ކައިރިއަށް މިދިޔަ ހުކުރު ދުވަހު ބަންޑުންޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެ ބިދޭސީން ހޯދުމަށް ފުޅާދާއިރާއެއްގައި ކުރަމުންދާ މަސައްކަތުން މިހާތަނަށް އެއްވެސް އަލިމަގެއް ފެނިފައިނުވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ރޭ ހާމަކޮށްފިއެވެ.
ކ. ތިލަފުށިން ފުރައިގެން ދަތުރުކުރަނިކޮށް މި ހާދިސާ ހިނގިއިރު، އެ ކޮޅުވެއްޓީގައި ޖުމްލަ 10 މީހުން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި އަށް ބިދޭސީންނެވެ. ހާދިސާ ހިނގި ވަގުތުން ފެށިގެން ކުރެވުނު މަސައްކަތުން އަށް މީހަކު ސަލާމަތް ކުރެވިފައިވީ ނަމަވެސް، އަދިވެސް ދެ ބިދޭސީއަކު ފެނިފައެއް ނުވެއެވެ.
އެމްއެންޑީއެފް ކޯސްޓްގާޑަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ހުކުރު ދުވަހުގެ ހެނދުނު 8:48 ހާއިރުއެވެ. އެ ވަގުތުން ފެށިގެން ކަނޑާއި ވައިގެ މަގުން އެ ދެ މީހުން ހޯދުމުގެ އޮޕަރޭޝަން އަންނަނީ މެދުކަނޑުމެއް ނެތި ހިންގަމުންނެވެ.
މި އޮޕަރޭޝަންގެ ތަފްސީލް ހިއްސާކުރަމުން އެމްއެންޑީއެފްއިން ބުނެފައިވަނީ، އެމްއެންޑީއެފް އެއާ ކޯ މެދުވެރިކޮށް ވައިގެ މަގުން 3,580 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ. މީގެ އިތުރުން ކޯސްޓްގާޑް ޝިޕް އިމާމުއްދީނާއި ފަސްޓް އިންޓަސެޕްޓާ ކްރާފްޓް ބޭނުންކޮށްގެން ކަނޑުގެ 441 އަކަ ނޯޓިކަލް މޭލުގެ ސަރަހައްދެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި ކޯސްޓްގާޑުގެ ހުނަރުވެރި ޑައިވަރުން ވަނީ ކަނޑުގެ އަޑިން 675,120 އަކަ މީޓަރުގެ ސަރަހައްދެއް ބަލާފައެވެ.
"މިހާތަނަށް ކުރެވުނު މަސައްކަތުން ގެއްލުނު ދެ ބިދޭސީން އަދި ފެނިފައެއް ނުވޭ،" އެމްއެންޑީއެފް އިން ހާމަކުރިއެވެ.
އެމްއެންޑީއެފްއިން ވަނީ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރާއި، ކައިރި ރަށްރަށުގެ ރައްޔިތުން މިކަމަށް ސަމާލުވެ، ގެއްލުނު މީހުންނާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ލަސްނުކޮށް ހިއްސާކުރުމަށް އިލްތިމާސްކޮށްފައެވެ. މިފަދަ މައުލޫމާތެއް ލިބިއްޖެ ނަމަ، ކޯސްޓްގާޑުގެ ހިލޭ ގުޅޭ ނަންބަރު 191 ނުވަތަ 3395981 އަދި 3398898 އަށް ގުޅުއްވުމަށް އެމްއެންޑީއެފްއިން އެދެއެވެ.

ކިޔުންތެރިންގެ ހިޔާލު