ރާއްޖޭގެ ކާނާގެ ޔަޤީންކަން ކަށަވަރުކޮށް، ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ "5 މިލިއަން ގަސް" އިންދުމުގެ ބިޔަ މަޝްރޫޢުގެ ދަށުން، ރާއްޖޭގެ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތަކެއް ޤާއިމުކުރުމަށްޓަކައި މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު ސޮއިކުރެވުނު މި އެއްބަސްވުމުގައި ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި، މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއާ ދެމެދުގައެވެ.
މި އެއްބަސްވުމުގެ ދަށުން ހޮވާލެވޭ 10 ރަށެއްގައި އެގްރޮފޮރަސްޓްރީ ދަނޑުތައް ތަރައްޤީކުރާނެއެވެ. އެގްރޮފޮރަސްޓްރީއަކީ އެއް ބިމެއްގައި ގަސްގަހާގެހި އިންދުމާއި ދަނޑުވެރިކަން އެކުލެވޭ ގޮތަށް ފަރުމާކުރެވޭ ދެމެހެއްޓެނިވި ނިޒާމެކެވެ. މީގެ މައިގަނޑު ބޭނުމަކީ ރާއްޖޭގެ ރަށްތައް ފެހިކޮށް، މޫސުމީ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމާއެކު، ރާއްޖެއަށް ބޭނުންވާ ކާނާގެ ބާވަތްތައް ރާއްޖޭގައި އުފެއްދޭނެ މަގު ފަހިކުރުމެވެ.
މި މަޝްރޫޢުގެ ދަށުން 5 މިލިއަން ގަސް އިންދުމުގެ ލަނޑުދަނޑި ހާސިލުކުރުމަށް އެހީތެރިވުމުގެ ގޮތުން، މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން 4 ލައްކަ ގަސް ފޯރުކޮށްދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި މި މަސައްކަތް ހަރުދަނާކުރުމުގެ ގޮތުން 10 ރަށެއްގައި 10 ނާސަރީ ތަރައްޤީކުރުމަށް ބޭނުންވާ އެއްބަސްވުންތަކުގައި ކަމާބެހޭ ރަށު ކައުންސިލްތަކާއެކު މިހާރު ވަނީ ސޮއިކުރެވިފައެވެ.
ސަރުކާރުގެ "5 މިލިއަން ގަސް" މަޝްރޫޢުގެ މިހާތަނުގެ ތަފްސީލަށް ބަލާއިރު، ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި 1.8 މިލިއަން ގަސް މިހާރު ވަނީ އިންދާ ނިންމާފައެވެ. މި މަޝްރޫޢަށް އާންމުންނާއި މުއައްސަސާތަކުގެ ބޮޑު އެއްބާރުލުމެއް ލިބެމުންދާއިރު، އެކި ފަރާތްތަކުން ޖުމްލަ 5.8 މިލިއަން ގަސް އިންދުމަށް މިހާތަނަށް ވަނީ ވައުދުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު