މިއަދުގެ ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލަށް އުނިކަމެއް ނާންނާނެހެން، ވަކި ޤައުމަކަށް ބުރަނުވެ ކުރިއަށްގެންދާ ހަރުދަނާ ސިޔާސަތެއް ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާޢު ވިދާޅުވެއްޖެއެވެ. ޝުޖާޢު މިހެން ވިދާޅުވީ ދައުލަތުގެ މީޑިއާ، ޕީއެސްއެމް ނިއުސްގައި ވާހަކަދައްކަވަމުންނެވެ.
ޝުޖާޢު ވިދާޅުވި ގޮތުގައި، ރާއްޖޭގެ މި ސިޔާސަތު ދުނިޔޭގެ ހުރިހާ ޤައުމަކުންވެސް މިއަދު ވަނީ ބަލައިގެންފައެވެ. ވަކި ޤައުމެއް ވީތީ ގާތްކުރުމެއް ނުވަތަ ދުރުކުރުމެއް ނެތި، ހުރިހާ ފަރާތްތަކަކާވެސް ހަމަހަމަ ގުޅުމެއް ބޭއްވޭނެކަން މި ސަރުކާރުގެ މަސައްކަތްތަކުން ވަނީ ހާމަވެފައެވެ.
މީގެ އިތުރުން، ދައުލަތް ހިންގުމުގައި ވަކި ޤައުމަކަށް ޚާއްޞަ އިސްކަމެއް ދިނުމުގެ ބަދަލުގައި، "މޯލްޑިވްސް ފަސްޓް" ނުވަތަ ދިވެހި ރައްޔިތުންގެ މަސްލަޙަތު އިސްކުރުމުގެ ސިޔާސަތަށް މިއަދުގެ ސަރުކާރުން ބޮޑު އިސްކަމެއް ދޭކަން އޭނާ ފާހަގަކުރެއްވިއެވެ. މިއީ ދިވެހިންގެ ފައިދާއާއި ލާބައަށްޓަކައި އެކުލަވާލާފައިވާ ޚާއްޞަ އުސޫލެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޝުޖާޢު އިތުރަށް ވިދާޅުވި ގޮތުގައި، ވަކި ޤައުމަކަށް ބުރަނުވެ، ހުރިހާ ޤައުމުތަކާވެސް ގުޅުން ބަދަހިކޮށްގެން ކާމިޔާބު ޚާރިޖީ ސިޔާސަތެއް ހިންގިދާނެކަން މި ސަރުކާރުން ވަނީ އަމަލީގޮތުން ސާބިތުކޮށްދީފައެވެ. މިއީ ރާއްޖޭގެ ސިޔާސީ ތާރީޚުގައި ބޭރުގެ ޤައުމުތަކާއެކު އޮންނަ ގުޅުން ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
އެއްވެސް ޤައުމަކާ އޮތް ގުޅުން ހީނަރުވެ، އެހީތެރިކަން ހޯދުމަށް ދަތިތަކެއް ކުރިމަތިވެފައި ނުވާކަމަށް ޝުޖާޢު ވިދާޅުވިއެވެ. އޭގެ ބަދަލުގައި، ފެންނަމުންދަނީ ހުރިހާ ދައުލަތްތަކުގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް އިޙްތިރާމްކުރަމުން، އެކުވެރިކަމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރަމުންދާ އުއްމީދީ މަންޒަރެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު