ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ދެ ބިދޭސީން
ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ދެ ބިދޭސީން
މާލޭގެ ތިން ސަރަހައްދެއް ބަލައިފާސްކޮށް، ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކަކާއެކު ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ފުލުހުން މިއަދު ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން ހިންގާފައިވަނީ ގަވާއިދާ ޚިލާފަށް ބަނގުރާ ގެންގުޅެ، އޭގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިދިޔަ އަންގާރަ ދުވަހުގެ ރޭގައެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މަމްނޫރް ރަހްމާނާއި، އިންޑިއާއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ އޮމެތަރަން ކަންދަސަމީއެވެ.

މި އޮޕަރޭޝަނުގައި މާލޭގެ ތިން ތަނެއް ބަލައިފާސްކޮށްފައިވާއިރު، އެ ތަންތަނުން ޖުމްލަ 133 ބަނގުރާ ފުޅި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ އިތުރުން، މި ދެ މީހުން ބޭނުންކުރި ސައިކަލު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މިހާރު ވަނީ ޓޯކޮށްފައެވެ.

ފުލުހުން ބުނީ މި މައްސަލައިގެ އިޖުރާއަތްތައް ފުރިހަމަކުރުމަށްފަހު، އިމިގްރޭޝަން ގާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށްޓަކައި އެ ދެ މީހުން މިހާރު ވަނީ މޯލްޑިވްސް އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު