ލާމަރުކަޒީ ނިޒާމު ހިސާރުކޮށް، ބާރުތައް މަރުކަޒީކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތައް ހުއްޓުވޭނީ އެ ނިޒާމުގެ ފައިދާތަކަށް ރައްޔިތުން މިހާރަށްވުރެ ބޮޑަށް ހޭލުންތެރިވެގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމެޓީގެ ކުރީގެ މުގައްރިރު އަލީ ނިޔާޒު ވިދާޅުވެއްޖެއެވެ.
މިނިވަން ދުވަހާ ގުޅުވައިގެން ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ މިހާރުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުރިހާ ބާރުތަކެއް އެކަކުގެ އަތްމައްޗަށް ޖަމާކުރުމަށް ކަމަށެވެ. މީގެ ސަބަބުން ލާމަރުކަޒީ ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނިޔާޒު ތުހުމަތު ކުރެއްވި ގޮތުގައި، ކައުންސިލްތަކުގެ ބާރުތައް ކަނޑުވާލުމުގެ އިތުރުން، ރައްޔިތުންގެ މަޖިލީހާއި، ޝަރުޢީ ދާއިރާ އަދި މީޑިއާތައް ވެސް އޮތީ ސަރުކާރުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައެވެ. މިއީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމުކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ރާވައިގެން ހިންގާ އަމަލުތަކެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
ލާމަރުކަޒީ ނިޒާމަށް އޮތް ހޭލުންތެރިކަން ކުޑަކަން ފާހަގަކުރައްވަމުން ނިޔާޒު ވިދާޅުވީ، ޔުނިވާސިޓީން ހެދި ސާވޭއަކުން ދައްކާ ގޮތުގައި މި ނިޒާމާ ބެހޭ މަޢުލޫމާތު އެނގެނީ އާބާދީގެ އެންމެ 19 އިންސައްތަ މީހުންނަށް ކަމަށެވެ. އެހެންކަމުން، އެމްޑީޕީއާއި މި ނިޒާމަށް ތާއީދުކުރާ ހުރިހާ ފަރާތްތަކުން ގުޅިގެން ރައްޔިތުން ހޭލުންތެރިކުރުވުމަކީ މިއަދު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، ރައީސް މުޢިއްޒުގެ މަރުކަޒީ ސިޔާސަތުތަކަށް ދިވެހި ރައްޔިތުން ތާއީދު ނުކުރާނެ ކަމަށެވެ. އަދި އެންމެ ފަހުން ބޭއްވި އިންތިޚާބުތަކުން ވެސް ފެނިގެންދިޔައީ 70 އިންސައްތަ ރައްޔިތުން ބޭނުންވަނީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރަށާ ގާތުން ޚިދުމަތް ލިބޭނެ ގޮތްވުން ކަމަށް ވެސް ނިޔާޒު ވިދާޅުވިއެވެ. ލާމަރުކަޒީ ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް އިހުސާސް ކުރެވުމުން، އެ ނޫން ގޮތަކަށް ރައްޔިތުން ބޯނުލަނބާނެ ކަމަށް ވިދާޅުވެ ނިޔާޒު ވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު