އަށް ކިލޯ މަސްތުވާތަކެތި މައްސަލައިގައި ހައްޔަރުކުރި 3 ދިވެހިން-
އަށް ކިލޯ މަސްތުވާތަކެތި މައްސަލައިގައި ހައްޔަރުކުރި 3 ދިވެހިން-
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު މަގުން ރާއްޖެއަށް އަށް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރި މައްސަލާގައި ހައްޔަރުކުރި ތިން ދިވެހިންގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލާގައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ ހ. ކަހަފަތި، އިލްޔާސް އަހްމަދު (42އ) އާއި، ގ. ހޭޅި، ހަސަން ޝަމްއޫން (36އ) އަދި ލ. ގަން/ މުކުރިމަގު، ފޭރުގަސްދޮށުގެ، އަހްމަދު އަފްރާހް (33އ) އެވެ. މި ތިން މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށް، އޭގެ ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި މިދިޔަ ޖޫން މަހުގެ 9 ވަނަ ދުވަހު ފުލުހުން ހައްޔަރުކުރި ބައެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ވަނީ ޖުމްލަ ފަސް މީހަކު ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނޭ އަނެއް ދެ މީހުންނަކީ އިންޑިއާއަށް ނިސްބަތްވާ ދެ ބިދޭސީންނެވެ. އެއީ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އެވެ. މީގެ ކުރިން ކޯޓުން ވަނީ މި ދެމީހުން ޝަރީއަތް ނިމެންދެން ބަންދުގައި ބޭތިއްބުމަށް އަމުރުކޮށްފައެވެ.

ފުލުހުން އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި އަށް ކިލޯއަށް ވުރެ ގިނަ ހުރިއިރު، މިއީ ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބޮޑު ޝިޕްމަންޓެއް ކަމަށް ތަހުގީގަށް ވަނީ ފާހަގަކުރެވިފައެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު