ސަރުކާރުގެ އިދާރާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ހަލުވިކޮށް، ލުއިފަސޭހަ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢާރަފުކުރެއްވި "މާލްދީވްސް 2.0" ޑިޖިޓަލް ނިޒާމަކީ، ދައުލަތުގެ އޮފީސްތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުން ހަރުދަނާކޮށް، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތަކަށް ދާއިމީ ޙައްލެއް ހޯދައިދޭނެ މުހިންމު ފިޔަވަޅެކެވެ.
މިހާރު އޮތް އިދާރީ އޮނިގަނޑުގެ ތެރެއިން އާންމުންނަށް އެންމެ ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިލާންޖެހޭ އެއް ދާއިރާއަކީ ޓްރާންސްޕޯޓް މިނިސްޓްރީން ފޯރުކޮށްދޭ އުޅަނދުފަހަރު ރަޖިސްޓްރީ ކުރުމުގެ ޚިދުމަތެވެ. މިގޮތުން، އާދައިގެ އިލެކްޓްރިކް ވެހިކަލެއް (އީވީ) ރަޖިސްޓްރީ ކުރުމަށް ހުށަހެޅުމުން، އެ މަރުޙަލާ ނިމުމަށް ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ހޭދަވާކަމުގެ ކަންބޮޑުވުން އާންމުން އަންނަނީ ފާޅުކުރަމުންނެވެ.
ރާއްޖެއަށް އެތެރެކުރާ އުޅަނދުފަހަރަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް އެތެރެކުރެވިފައިވާ، ރާއްޖޭގެ މަގުތަކުގައި ބޭނުންކުރުމަށް އެކަށީގެންވާ އުޅަނދެއްތޯ ކަށަވަރުކުރުމުގެ އެންމެހައި މަސައްކަތްތައް މާލްދީވްސް ކަސްޓަމްސް ސާވިސްއިން ފުރިހަމަކުރެއެވެ. ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކޮށް، ދައްކަންޖެހޭ ޑިއުޓީއާއި އެހެނިހެން ފީތައް ދެއްކުމުން ނޫނީ އުޅަނދު ދޫނުކުރާއިރު، އެ އުޅަނދަކީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ ޝަރުޠެއް ފުރިހަމަވެފައިވާ އުޅަނދެއްކަން ކަސްޓަމްސްގެ ރެކޯޑުތަކުން ސާފުވާން ހުރެއެވެ.
އެހެންނަމަވެސް، ސަރުކާރުގެ އެއް އިދާރާއިން އަނެއް އިދާރާއަށް މިފަދަ މަޢުލޫމާތުތައް ސީދާ ބަދަލުކުރެވޭނެ ހަރުދަނާ ވިއުގައެއް ނެތުމުގެ ސަބަބުން، ޓްރާންސްޕޯޓް މިނިސްޓްރީން އެ މަޢުލޫމާތުތައް އަލުން ހޯދައި ކަށަވަރުކުރުމަށް ގިނަ ދުވަސްތަކެއް ހޭދަވެއެވެ. ރައީސް މުޢިއްޒުގެ އިސްނެންގެވުމާއެކު ތަޢާރަފުކުރި "މޯލްޑިވްސް 2.0" ނިޒާމުގެ ތެރެއިން އިދާރާތަކުގެ މެދުގައި މަޢުލޫމާތު ބަދަލުކުރުން އޮޓޮމޭޓްވެ، ސީދާ ގުޅިގެން މަސައްކަތް ކުރެވޭނެ މަގުފަހިވުމުން، އުޅަނދުފަހަރު ރަޖިސްޓްރީކުރުން ފަދަ ޚިދުމަތްތައް އަވަސްވެ، ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު