ރާޝިދާ ޔޫސުފް
ރާޝިދާ ޔޫސުފް
ތަޢުލީމީ ދާއިރާއަށް ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ރާޝިދާ ޔޫސުފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު މިނިވަން ދުވަހުގެ މުނާސަބަތުގައި ދެއްވި ތަޤްރީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ރާޝިދާ ވިދާޅުވީ، ރާއްޖޭގެ ތާރީޚުގައިވެސް މިނިވަން ދުވަހެއްގައި ޤައުމުގެ އެންމެ އިސްވެރިޔާ މިއިން ޒަމާނަކު މިހާ ހިތްދަތި ތަޤްރީރެއް ދެއްވާފައިނުވާ ކަމަށެވެ.



ޤައުމުގެ ޙާލަތު އޮތްގޮތް ރައީސް ވަރަށް ސާފުކޮށް ބަޔާންކުރެއްވި ނަމަވެސް، ވާހަކަފުޅު ދެއްކެވި ރާގު ހުރީ ރައްޔިތުންނާމެދު ވަރަށް ނުރުހުންވެވަޑައިގެން ހުންނެވި ފަދަ ގޮތަކަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އަދި އެ ތަޤްރީރު އަޑުއަހަން ވަރަށް ދެރަވި ކަމަށާއި، ސިފަވެގެންދިޔައީ ސިޔާސީ ޕާޓީއެއްގެ ޕޯޑިއަމެއްގައި ހުންނަވައި ދެއްކެވި ވާހަކަފުޅެއްގެ ގޮތުގައި ކަމަށްވެސް ވިދާޅުވިއެވެ.

ރާޝިދާ އިތުރަށް ވިދާޅުވީ، މިނިވަން ދުވަހެއްގައި ރައްޔިތުންނާ މުޚާތަބުކުރައްވާއިރު، ރައްޔިތުންނަށް އުފާވެރިކަމާއި މިނިވަންކަމުގެ އިޙްސާސް ކުރެވެންޖެހޭނެ ކަމަށެވެ. އަދި އާންމުން ވަރަށް އިޙްތިރާމްކުރާ ވެރިއަކު މިފަދަ ދުވަހެއްގައި ރައްޔިތުން 'ވިކްޓިމައިޒް' ވާނެފަދަ މޭރުމަކުން ވާހަކަފުޅު ދެއްކެވުމުން ގިނަ ބަޔަކު މާޔޫސްވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލޯބިވާ ދިވެހިރާއްޖެ މިނިވަންކަން މަތީ ދެމެހެއްޓުމަކީ އެންމެންވެސް އެދޭގޮތްކަން ފާހަގަކުރައްވަމުން، ރާޝިދާ ވަނީ ޤައުމީ މުހިންމު ދުވަސްތަކުގައި ރައްޔިތުންނަށް އުއްމީދާއި އުފާވެރިކަން ގެނެސްދޭފަދަ ގޮތަކަށް ވާހަކަފުޅު ދެއްކެވުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު