ނިއުޔޯކްގެ އެސެމްބްލީ މެންބަރު ޒޯހްރާން މަމްދާނީ ދާދިފަހުން ދެއްކެވި ވާހަކަތަކަށް ތާއީދުކުރައްވައި، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަކީ ނަސްލު ނައްތާލުމުގެ (ޖެނޮސައިޑް) ލާއިންސާނީ ޢަމަލުތަކުގެ މޭސްތިރިޔާ ކަމަށް ލަންޑަންގެ މޭޔަރު ސާދިޤް ޚާން ސިފަކުރައްވައިފިއެވެ. އަދި ނަތަންޔާހޫއަށް ލަންޑަނުން އެއްވެސް މަރުޙަބާއެއް ނުކިޔާނެކަން އޭނާ ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
ޗެނަލް 4 ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ސާދިޤް ޚާން ވިދާޅުވީ، ޣައްޒާގައި ހިންގަމުންދަނީ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާއެއް ކަމަށް އޭނާ ޤަބޫލުކުރައްވާ ކަމަށެވެ. "އަޅުގަނޑު ދެކޭގޮތުގައި ނަސްލު ނައްތާލުމުގެ ޒިންމާ އުފުލަންޖެހޭ ފަރާތަކީ ނަތަންޔާހޫ. އޭނާ ވަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފުވެފައި. އެހެންކަމުން އޭނާ އިންސާފުގެ ކުރިމައްޗަށް ހާޒިރުކޮށް، ކުރި ކުށްތަކަށް ޙައްޤު އަދަބު ދޭންޖެހޭނެ،" މޭޔަރު ވިދާޅުވިއެވެ.
ސާދިޤް ޚާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ނަތަންޔާހޫ ލަންޑަނަށް ޒިޔާރަތް ނުކުރާކަމީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އެއީ އޭނާ ލަންޑަނަށް އަތުވެއްޖެނަމަ، އާންމުންގެ ފަރާތުން ކުރިމަތިވާނެ ނުރުހުމާއި ފާޑުކިޔުންތައް އިންތިހާއަށް ބޮޑުވާނެތީއެވެ.
"ނަތަންޔާހޫ ލަންޑަނަށް އަންނަން އުޅޭކަމުގެ އެއްވެސް އިޝާރާތެއް ލިބިއްޖެނަމަ، ޤާނޫނު ތަންފީޒުކޮށް އޭނާ ހައްޔަރުކުރުމަށް އިނގިރޭސި ބޮޑުވަޒީރަށް އަޅުގަނޑު ބާރުއަޅާނަން. އެއީ ޝައްކެއް އޮތް ކަމެއް ނޫން،" ސާދިޤް ޚާން ވިދާޅުވިއެވެ. އޭނާގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، ނަސްލު ނައްތާލުމުގެ ފަދަ ބޮޑެތި ޖަރީމާތައް ހިންގާ އެއްވެސް މީހަކަށް ލަންޑަނުން ޖާގައެއް ނޯންނާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު