އައްޑޫ ސިޓީގެ ހިތަދޫގައި ގޫގުލް އިން ގާއިމުކުރާ އިންޓަނޭޝަނަލް ސަބްމެރިން ކޭބަލް ލޭންޑިން ސްޓޭޝަނާއި ނެޓްވޯކް ފެސިލިޓީއަށް ދޫކުރާ ބިމުން، އެ ސިޓީގެ ކައުންސިލަށް ކުލި ނަގާނެ ކަމުގެ ޔަގީންކަން މޭޔަރު އަލީ ނިޒާރު ދެއްވައިފިއެވެ.
ސަރުކާރުން އެދިގެން މި މަޝްރޫއަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 160،000 އަކަފޫޓު ނުވަތަ 1.5 ހެކްޓަރުގެ ބިމެކެވެ.
ނޮވެމްބަރު 17، 2025 ގައި ދިވެހި ސަރުކާރާއި ގޫގުލް ގުޅިގެން އިއުލާނުކުރި މި މަޝްރޫއުގެ ދަށުން އަޅާ ސަބްމެރިން ކޭބަލަށް ދީފައިވާ ނަމަކީ "ދިވަރު" އެވެ. މިއީ އޮމާނާއި، ރާއްޖޭގެ އިތުރުން އޮސްޓްރޭލިއާގެ ކްރިސްމަސް އައިލެންޑްސް ގުޅާލުމަށް ގޫގުލް އިން އަމިއްލައަށް ކުރާ ބޮޑު އިންވެސްޓްމަންޓެކެވެ.
ގޫގުލްގެ އިންފްރާސްޓްރަކްޗާ ފުޅާކުރުމަށް ހިންގާ މި މުހިންމު މަޝްރޫއުގެ ސަބަބުން އައްޑޫގައި ބައިނަލްއަގުވާމީ "ކަނެކްޓިވިޓީ ހަބެއް" ގާއިމުވެގެންދާނެއެވެ.
ފޭސްބުކްގައި އާންމުކުރެއްވި ވީޑިއޯއެއްގައި މޭޔަރު ނިޒާރު ވިދާޅުވީ، ކިތަންމެ ބޮޑު އިންވެސްޓްމަންޓެއް އައި ނަމަވެސް އެކަމާ ގުޅޭ މިންވަރެއްގެ ކުއްޔެއް އައްޑޫ ރައްޔިތުންނަށާއި ކައުންސިލަށް ލިބެންޖެހޭނެ ކަމަށެވެ. އަދި ހިލޭ ބިން ލިބޭގޮތަށް ކުރިން އެއްބަސްވުންތައް ހަދާފައި ހުރި ނަމަވެސް، އެ ބިމުން ކުލި ނަގާނެ ކަމަށާއި އެކަމަށް ގޫގުލްގެ ވެރިން ވެސް ތައްޔާރުވެ ތިއްބެވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
ގޫގުލްގެ މި ބޮޑު މަޝްރޫއަށް ދޫކުރާ ބިމުން އާމްދަނީގެ ގޮތުގައި މަހަކު 1.5 މިލިއަން ރުފިޔާ ލިބޭނެކަމަށް އައްޑޫ ސިޓީ ކައުންސިލުން އަންދާޒާކުރެއެވެ. އެއީ އަހަރެއްގެ މައްޗަށް ބަލާނަމަ ގާތްގަނޑަކަށް 18 މިލިއަން ރުފިޔާގެ ބޮޑު އާމްދަނީއެކެވެ.

ކިޔުންތެރިންގެ ހިޔާލު