ސްޓޭޓް ފާމަސޫޓިކަލްސްގެ ފާމަސީތަކުން ބޭސް ލިބެން ހުރިކަން ފޯނުން ފަސޭހަކަމާ އެކު ބަލައިލެވޭނެ ހާއްސަ ޕޯޓަލްއެއް އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގައި ތައާރަފުކުރުމަށް އެ ކުންފުނިން ނިންމައިފިއެވެ.
ސްޓޭޓް ފާމާއިން ބުނީ، މި ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް، ބަލިމީހުންނަށް ބޭނުންވާ ބޭހުގެ ބާވަތްތައް ހުރި ފިހާރަތަކާއި، އެ ތަކެތީގެ އަގުތައް ކޮންމެ ތަނެއްގައި ހުރެގެން ވެސް ވަގުތުން ދެނެގަނެވޭނެ ކަމަށެވެ.
އަދި މި އީޖާދީ ބަދަލުގެ މައިގަނޑު ބޭނުމަކީ ކޮންމެ ފަހަރަކު ފާމަސީތަކަށް ހިނގައިގެން ބޭސް ހޯދަންޖެހޭ ޖެހުން ނިމުމަކަށް ގެނެސް، އާންމުންނަށް ލުއިފަސޭހަ ނިޒާމެއް ގާއިމުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޝާހު މާހިރު ވަނީ، ބޭހުގެ ދަތިކަން ހައްލުކުރުމަށްޓަކައި ދުރާލާ ޕްލޭންކުރުމުގެ މުހިންމުކަން ފާހަގަކުރަށްވާފައެވެ. އެގޮތުން، "އެންޓަޕްރައިސް ރިސޯސް މެނޭޖްމަންޓް" އަދި "އީ-ލޮޖިސްޓިކްސް" ސިސްޓަމްގެ އެހީގައި ރާއްޖެއަށް އެތެރެކުރަންޖެހޭ ބޭހުގެ މިންވަރު ކުރީބައިގައި އަންދާޒާކުރެވި، ސްޓޮކް ހުސްވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް އުފައްދާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. މި ކުންފުނީގެ އެންމެ އިސް އަމާޒަކީ ރާއްޖެއަށް ބޭނުންވާ ސިއްހީ އާލާތްތަކާއި ބޭސްތައް ގަނޑުކޮށް ހެޔޮ އަގެއްގައި އެތެރެކޮށް، މުޅި ރާއްޖެއަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެވޭނެ ހަރުދަނާ ސަޕްލައި ޗެއިނެއް އުފެއްދުމެވެ.

ކިޔުންތެރިންގެ ހިޔާލު