ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި 7 ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައެވެ. ސަފީރުންގެ ޝަރަފުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބެރު ދުންމާރި ތާޅަފިލީގެ ހަމަތަކާއެކު ހެވިކަމުގެ ލަޝްކަރަކުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުވި ސަފީރުންގެ ތެރޭގައި ޕޯޗުގަލް، ބޫޓާން، ކެނެޑާ، އޮސްޓްރިއާ، ބުރުކީނާ ފާސޯ، ތުރުކުމަނިސްތާން އަދި ލާއޮސްގެ ސަފީރުން ހިމެނެއެވެ. އެ ޤައުމުތަަކުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންނަކީ؛
ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ – ޕޯޗުގަލް
ޑަޝޯ ކާރމަ ހަމު ޑޯރޖީ – ބޫޓާން
އިޒަބެލް މޭރީ ކެތުރީން މާޓިން – ކެނެޑާ
ޑރ. ރޮބަޓް ޒިޝްގް – އޮސްޓްރިއާ
ޑރ. ދޭޒީރޭ ބޮނިފޭސް ސޯމޭ – ބުރުކީނާ ފާސޯ
ޝާލާރް ގޭލްދީނަޒަރޯވް – ތުރުކުމެނިސްތާން
ވިތާޔާ ޒަޔަވޮންގް – ލާއޮސް ހިމެނިވަޑައިގަންނަވައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސް ވަނީ ކޮންމެ ސަފީރަކާ ވަކިވަކިން ބައްދަލުކުރައްވައި، ހުރިހާ ބޭފުޅުންނަށްވެސް ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދިވެހިރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސް އާއި ސަފީރުންގެ މި ބައްދަލުކުރެއްވުންތަކުގައި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު މަސްވެރިކަން، ތައުލީމް އަދި އިގްތިސާދީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި މި ގައުމުތަކާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމުގެ ޢަޒުމް ހުރިހާ ބޭފުޅުންވެސް އައުކުރެއްވިއެވެ.

ކިޔުންތެރިންގެ ހިޔާލު