ޓޫރިޒަމްގެ ބޭނުމަށް ތަރައްގީކުރުމަށްޓަކައި އައްޑޫ ސިޓީގެ އިދާރީ އިހުތިސާސުން "ސަވާހިލި" ވަކިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ، އައްޑޫ ސިޓީގެ އިދާރީ ދާއިރާގެ އިހުތިސާސަށް މި ބަދަލު ގެންނެވުމަށް ރައީސް ނިންމަވައި، މިހާރު ވަނީ އެ ސިޓީގެ އިހުތިސާސުން ސަވާހިލި ވަކިކުރަށްވާފައި ކަމަށެވެ. މި ބަދަލު ގެންނަވާފައިވަނީ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން، ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާތަކެއްގައި ހިމެނޭ ސިޓީ ކައުންސިލުތަކާއި ރަށު ކައުންސިލުތަކުގެ އިހުތިސާސް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާއަށް މަތިކޮށްފައިވާ ގާނޫނީ މަސްއޫލިއްޔަތުގެ ދަށުން ނެރުއްވި ގަރާރަކުންނެވެ.
ސަވާހިލިއަކީ އައްޑޫ ސިޓީގެ ފޭދޫ އާއި މަރަދޫފޭދޫގެ މެދަށްވާ ގޮތަށް އޮންނަ ރަށެކެވެ. މި ރަށަކީ ޓޫރިޒަމްގެ ބޭނުމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މީގެ ކުރިން ނިންމައި، އެކަން އިއުލާނުވެސް ކޮށްފައިވާ ރަށެކެވެ.
ފޭދޫ އަދި މަރަދޫފޭދޫ ކައިރީގައި އޮންނަ ސަވާހިލި، މުނިފޫހިފިލުވުމާއި ހިތްހަމަޖައްސާލުމުގެ ހިދުމަތްތައް ދޭ ތަނެއްގެ ގޮތުގައި ތަރައްގީކޮށް ހިންގާނެ ފަރާތެއް ހޯދުމަށް އައްޑޫ ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލީ މިދިޔަ އާދީއްތަ ދުވަހުއެވެ.
ސަރުކާރުގެ މި ނިންމެވުމާއެކު، ސަވާހިލި ދެން ބެލެވޭނީ ސިޓީ ކައުންސިލުގެ އިހުތިސާސުން ބޭރު، ވަކި މަޝްރޫއެއްގެ ގޮތުގައި ތަރައްގީކުރާ ތަނެއްގެ ގޮތުގައެވެ. މި ބަދަލަކީ އެ ސަރަހައްދުގައި ފަތުރުވެރިކަން ފުޅާކޮށް، އިގްތިސާދީ ފުރުސަތުތައް އިތުރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ނިންމެވި ނިންމެވުމެކެވެ.

ކިޔުންތެރިންގެ ހިޔާލު