ސަރުކާރުގެ ކުންފުނިތަކުން ތިން މަސްތެރޭ 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަކީ އަމަލީ ގޮތުން ވާނެ ކަމެއް ނޫން ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
ޒަރިޔަންދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި މިހާރު 39،000 އަށްވުރެ ގިނަ މުވައްޒަފުން ތިބި ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.
ނަމަވެސް، އެ މުވައްޒަފުންގެ ފެންވަރު ބެލުމުގެ އިވެލުއޭޝަނެއް ނުވަތަ ވަކި ޕްލޭނެއް އަދި ސާފު މިންގަނޑުތަކެއްވެސް އާންމުކުރުމެއް ނެތި، އެއިން %33 ނުވަތަ ގާތްގަނޑަކަށް 13،000 ވަޒީފާ އެންމެ ތިން މަސްދުވަހުގެ ތެރޭގައި އުނިކުރުމަކީ އަމަލީ ގޮތުން ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ޒަރިޔަންދު އިތުރަށް ވިދާޅުވީ، ސިޔާސީ މަގާމުތަކުގައި ތިބި 228 މީހުން ވަކިކުރުމަށް 2024 ވަނަ އަހަރު ވީ ވައުދު ފުއްދިކަންވެސް ސަރުކާރަށް މިހާތަނަށް ސާބިތުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި މިފަދަ އިއުލާންތައް ސަރުކާރުން ކުރަނީ އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ މިޝަންތައް ރާއްޖޭގައި ތިބޭ ވަގުތުތަކާ ދިމާކޮށްގެން ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
"މިއީ ޚަރަދުކުޑަކުރުމުގެ ނަތީޖާއެއް ހާސިލުނުކުރެވުނަސް، މިކަމުގެ ސަބަބުން އިދިކޮޅު ސިޔާސީ ފަރާތްތައް ލައްވައި އަޑުއުފުލުވައިގެން އެ އިއުލާނަށް ދުނިޔޭގެ ސަމާލުކަން ހޯއްދުވާ، ބޮޑު މާލީ އިސްލާހެއް ގެންނަނީއޭ ހީވާފަދަ ތަސައްވުރެއް އުފެއްދުން،" ޒަރިޔަންދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު