މެދުއިރުމަތީގެ މަސްރަހު އިންތިހާއަށް ހޫނުވެފައިވާ މި ދަނޑިވަޅުގައި، އެމެރިކާގެ ސިފައިން އެއްގަމު މަގުން އީރާނަށް އަރައިފާނެ ފަދަ ހާލަތަކަށް އީރާނުގެ އަސްކަރިއްޔާ ފުރިހަމައަށް ތައްޔާރުވެ، އެންމެ މަތީ އެލާޓަށް އަތުވެއްޖެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. އީރާނުގެ ދިފާއީ ބާރުތަކުން ހާމަކުރި ގޮތުގައި، ގައުމުގެ މިނިވަންކަމާއި އިސްތިގުލާލަށް އަންނަ ކޮންމެ ނުރައްކަލަކުން ދިފާއުވުމަށްޓަކައި އަސްކަރީ ހުރިހާ ފައުޖުތަކެއް މިހާރު ވަނީ ތައްޔާރީ ހާލަތަކަށް ގެނެސްފައެވެ.
އީރާނުގެ އަސްކަރީ ކޮމާންޑަރުން ވިދާޅުވާ ގޮތުގައި، އެމެރިކާއިން އެއްގަމު މަގުން ހަމަލާއެއް ދީފި ނަމަ، އެކަމަށް ރައްދު ދިނުމަށްޓަކައި އެ ގައުމުގެ "އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް" (އައިއާރުޖީސީ) އާއި ގައުމީ ސިފައިންގެ ބާރުތަކުން ވަނީ ހާއްސަ ދިފާއީ ޕްލޭންތަކެއް އެކުލަވާލާފައެވެ. މީގެ ތެރޭގައި ބާރުގަދަ މިސައިލް ސިސްޓަމްތަކާއި، ޑްރޯން ޓެކްނޮލޮޖީގެ އިތުރުން އެއްގަމު ސިފައިންގެ ހާއްސަ ފްރަންޓްލައިން ފައުޖުތައް ބޯޑަރު ސަރަހައްދުތަކަށް ރުކުރުވާލުން ހިމެނެއެވެ. އީރާނުން ގަބޫލުކުރާ ގޮތުގައި އެ ގައުމުގެ އޮތް ޖިއޮގްރަފިކަލް މަގާމުގެ ސަބަބުން، އެއްގަމު މަގުން ދޭ ކޮންމެ ހަމަލާއަކީ ހަތުރުންނަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހޭނެ ކަމެކެވެ.
މި ތައްޔާރީތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން އީރާނުގެ އިސް ދިފާއީ މަސްއޫލުވެރިއަކު ވިދާޅުވީ، އެމެރިކާއިން އީރާނުގެ ފަސްގަނޑަށް ފައިން އެޅުމަކީ އެމީހުންނަށް ކުރެވޭނެ އެންމެ ބޮޑު ކުށް ކަމަށާއި، އެފަދަ ހާލަތެއްގައި އީރާނުން ދޭނެ ރައްދު ތާރީހުގައި ލިޔެވިގެންދާނެ ކަމަށެވެ. އީރާނުގެ އަސްކަރިއްޔާގެ ބާރުތައް ވަނީ ހަމައެކަނި ދިފާއީ ހާލަތެއްގައި ނޫން ކަމަށާއި، ރައްދު ހަމަލާ ދިނުމުގެ އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފާރަވެރިވަމުންނެވެ. ވަރަށް ގިނަ އަސްކަރީ މާހިރުން ދެކޭގޮތުގައި، އީރާނުގެ ފަރުބަދަ ގިނަ ބިންގަނޑާއި، ބޮޑު ސަރަހައްދެއްގެ ސަބަބުން އެ ގައުމަށް އެއްގަމު މަގުން އަރައިގަތުމަކީ އެމެރިކާއަށް އިންތިހާއަށް އުނދަގޫ އަދި ބޮޑު ގެއްލުމެއް ލިބޭނެ ކަމެކެވެ.
އެމެރިކާ އާއި އީރާނާ ދެމެދު އޮތް ނުތަނަވަސްކަން ފަހަކަށް އައިސް އިތުރަށް ބޮޑުވެފައި މިވަނީ މެދުއިރުމަތީގައި ހިނގަމުންދާ އެކި ހަމަނުޖެހުންތަކާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅިގެންނެވެ. އެމެރިކާއިން މެދުއިރުމަތީގައިވާ އެގައުމުގެ އަސްކަރީ މަރުކަޒުތައް ވަރުގަދަކުރަމުންދާއިރު، އީރާނުން ދެކެނީ މިއީ އެގައުމަށް ސީދާ އަމާޒުކޮށް ކުރިމަތިކުރާ ބިރުތަކެއްގެ ގޮތުގައެވެ. މި ސަބަބަށްޓަކައި، އީރާނުގެ އަސްކަރިއްޔާއިން ދަނީ ރެޑް އެލާޓްގައި ތިބެ، ބޯޑަރު ސަރަހައްދުތަކާއި ކަނޑުގެ ސަރަހައްދުތައް ވަރަށް ބޮޑަށް ބަލައި މޮނިޓާ ކުރަމުންނެވެ.
ބައިނަލްއަގުވާމީ މުޖުތަމައުން މިހާރު ދަނީ މި ދެ ގައުމުގެ ދެމެދުގައި ހަނގުރާމައެއް ފެށިދާނެތީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ސަބަބަކީ މިފަދަ ކުރިމަތިލުމެއް ހިނގައިފި ނަމަ، މުޅި ދުނިޔޭގެ އިގްތިސާދަށާއި ހާއްސަކޮށް ތެލުގެ ބާޒާރަށް ބޮޑެތި ލޮޅުންތަކެއް އަރާނެތީއެވެ. އެހެންނަމަވެސް، އީރާނުގެ އަސްކަރިއްޔާއިން ދުނިޔެއަށް ދީފައިވާ މެސެޖަކީ ސާފު މެސެޖެކެވެ؛ ގައުމުގެ ދިފާއުގައި ކޮންމެ ފަދަ ގުރުބާނީއެއް ވާންޖެހުނަސް، އެ ގައުމު އޮތީ ސާބިތުކަމާއެކު ތައްޔާރަށެވެ.

ކިޔުންތެރިންގެ ހިޔާލު