ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިދިޔަ ޖުލައި 11، 2026 ގައި ބޭއްވި އެތެރޭގެ އިންތިހާބުގެ ވޯޓުލުމާއި ވޯޓު ގުނުމުގެ ކަންކަން ކުރިއަށްދިޔަ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ކާމިލު ދީދީ ޕްރައިމަރީ ސްކޫލުގައި ހިންގި ނުރައްކާތެރި ހަމަނުޖުހުންތަކާއި ބޮޑެތި މާރާމާރީތަކާއި ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު އިންތިހާއަށް ހޫނުވެގެން ދިޔައެވެ.
ތައުލީމީ މުވައްސަސާއެއްގެ ޙުރުމަތާއި ކުޑަކުދިން ކިޔަވާ ތަނެއްގެ ސަލާމަތަށް ބެލުމެއްނެތި، ވެރިކަން ކުރާ ޕާޓީގެ މެންބަރުންނާއި އިސްވެރިން ބައިވެރިވެގެން ހިންގި މި ނާތަހުޒީބު އަމަލުތަކުގެ ސަބަބުން ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. އެގޮތުން ސްކޫލުގެ ދޮރުފަތުގެ ބިއްލޫރިގަނޑަކާއި ސައުންޑް ސިސްޓަމަކަށް ގެއްލުން ލިބިފައިވާއިރު، މިއީ ގާނޫނުގެ ނިޒާމަށް ގޮންޖަހައިލެވުނު ނުރައްކާތެރި ހާދިސާއެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރިއެވެ.
މި މައްސަލައާ ގުޅިގެން ސްކޫލަށް ލިބުނު ގެއްލުންތަކަށް ޕީއެންސީން ޒިންމާވެ، މަރާމާތުގެ ޚަރަދު ދޭން އެއްބަސްވުމުން، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމާފައިވަނީ އެ ޕާޓީއާ މެދު މިވަގުތު އިތުރު ފިޔަވަޅެއް ނޭޅުމަށެވެ. ނަމަވެސް، ސިޔާސީ މައިދާނުގައި ފާޑުކިޔާ ފަރާތްތަކާއި އާންމުން ދެކޭގޮތުގައި، ވެރިކަން ކުރާ ޕާޓީއަކުން ހިންގާ މިފަދަ ބޮޑެތި ކުށްތަކާއި ގާނޫނާ ހިލާފު އަމަލުތަކަށް މާލީ ބަދަލަކުން ނުވަތަ ހަމައެކަނި ނަސޭހަތަކުން ފުއްދާލުމަކީ ދައުލަތުގެ މުއައްސަސާތައް ސަރުކާރުގެ ސިޔާސީ ނުފޫޒުގެ ދަށުގައިވާ ކަމުގެ އެންމެ ބޮޑު ހެއްކެވެ. މިއީ ވެރިކަން ކުރާ ފަރާތްތަކުން ހިންގާ ނޭދެވޭ އަމަލުތަކަށް ޖަވާބުދާރީކުރުވުމުގައި މިނިވަން މުއައްސަސާތައް ފެއިލްވެފައިވާކަން ދައްކުވައިދޭ ކަމެއް ކަމަށް ވެސް މުހައްލިލުން ދަނީ ބުނަމުންނެވެ.
ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖުހުންތަކާއި މާރާމާރީގައި ރައީސް އޮފީހުގެ ބައެއް މުވައްޒަފުންނާއި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި، އަދި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފްގެ ދަރިކަލުން ފަދަ ފަރާތްތައް އަމަލީގޮތުން ބައިވެރިވިކަމުގެ ތުހުމަތުކުރެވުމަކީ މުޅި މުޖުތަމައު ކަންބޮޑުވާންޖެހޭވަރުގެ ބޮޑު މައްސަލައެކެވެ. މީގެއިތުރުން، ވާޖިބު އަދާކުރަން ތިބި ފުލުހުންގެ ގަޔަށް އަތްލައި، ކޮށްޕައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ ގާނޫނީ ވެރިކަމަށް ގޮންޖަހާފައިވާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑީއާގައި ދައުރުވަމުންދިއުމަކީ ދައުލަތުގެ ބާރުވެރިކަމާއި ގާނޫނުގެ ކިތަންމެ ހައިބަތެއް ގެއްލިގެން ގޮސްފައިވާ ކަމުގެ އަލިގަދަ ހެއްކެކެވެ.
މި ހަމަނުޖުހުމުގެ ތެރޭގައި ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ޕެނިކް އެޓޭކެއް ޖެހި، އިތުރު ބައެއް މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވާއިރު، މިކަމުގެ ސަބަބުން ޕާޓީގެ އެތެރޭގެ މަސްރަހު ވެސް އިންތިހާއަށް ގޯސްވެގެންދިޔަކަމަށް އަޑުތައްފެތުރުނެވެ.
ކާމިލު ދީދީ ސްކޫލުގެ ހާދިސާއާ ގުޅިގެން ފުލުހުން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށް މައްސަލަ ތަހުގީގު ކުރަމުންދިޔަ ނަމަވެސް، އާންމުންގެ މެދުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ސިޔާސީ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން މި މައްސަލައިގެ ހަގީގީ އިންސާފު ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރެވެ.
މިކަން ހިނގާ ދިއުމުން, އީސީ އިން ހަމައެކަނި ވެރިކަން ކުރާ ޕާޓީގެ ކަންކަން އިންތިޒާމުކުރުމުގައި އިތުރަށް ރައްކާތެރިވާން އެންގުމުން މިކަން އަދި މުޅިން ނިމުނީކީ ނޫނެވެ. ގާނޫނާ ހިލާފުވި ކޮންމެ ފަރާތަކާމެދު ސިޔާސީ ތަފާތުކުރުމެއްނެތި ހަރުކަށި ފިޔަވަޅު އެޅުމަކީ ގައުމުގެ ހަމަޖެހުމާއި ގާނޫނުގެ ނިޒާމު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއް ކަން ގަބޫލުކޮށް, އަމަލީ ސިފަ ގެނައުންވެސް ވަރަށް މުހިންމެވެ.

ARG
ކިޔުންތެރިންގެ ހިޔާލު