ދިވެހިރާއްޖެއަށް އަލަށް ކަނޑައެޅުއްވި އަށް ގައުމެއްގެ ސަފީރުން، އެ ބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް މިއަދު ހެނދުނު އަރުވައިފިއެވެ.
ރައީސް އޮފީހުގައި ބޭއްވި މި ޚާއްޞަ ރަސްމިއްޔާތަށް ސަފީރުން ވަޑައިގެންނެވީ ރަސްމީ އިއްޒަތުގައެވެ. ސަފީރުންގެ ޝަރަފުގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ބެރު ދުންމާރި ތާޅަފިލީގެ ހަމަތަކާއެކު ހެވިކަމުގެ ލަޝްކަރަކުން ވަނީ މަރުޙަބާ ދަންނަވާފައެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާއަށް ފަތްކޮޅު އެރުއްވި ސަފީރުންގެ ތެރޭގައި ނެމީބިއާގެ ހައި ކޮމިޝަނަރ އެލެކްސް އެލް. ތުކުހުޕްވެލޭ އާއި، ޑޮމިނިކަން ރިޕަބްލިކްގެ ފަރާތުން ރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް އެމްބަސެޑަރ ފްރެންސިސްކޯ މެނުއަލް ކޮމްޕްރޭސް ހަނާންޑޭޒް ހިމެނިވަޑައިގަންނަވައެވެ.
މީގެ އިތުރުން ކިއުބާގެ ސަފީރު ޕެޓްރީޝިއާ ލާޒާރާ ޕެގޯ ގުއޭރާ އާއި، ޤަޠަރުގެ ސަފީރު ޙަމަދު މުޙައްމަދު ޢަބްދުއްލަހް އަލް-ސަނަދު އަލް-ދޯސަރީ އަދި ފީޖީގެ ހައި ކޮމިޝަނަރ ޖަގްނާތު ސާމީ ވެސް ވަނީ އެބޭފުޅުންގެ ފަތްކޮޅުތައް ރައީސުލްޖުމްހޫރިއްޔާއަށް އަރުވާފައެވެ. ކޮސޯވޯގެ ފަރާތުން ލުލްޒިމް ޕްލާނާ، ސޯމާލިއާގެ ފަރާތުން ޑޮކްޓަރ ޢަބްދުއްލަހީ މުޙައްމަދު އޮޑޯވާ އަދި ސްލޮވޭނިއާގެ ފަރާތުން ތޯމަޒް މެންސިން ވެސް ވަނީ މިއަދު ސަފީރުކަމުގެ ރަސްމީ ލިޔެކިޔުންތައް ހުށަހަޅުއްވާފައެވެ.
ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ރައީސް ވަނީ ކޮންމެ ސަފީރަކާ ވަކިވަކިން ބައްދަލުކުރައްވައި، ހުރިހާ ބޭފުޅުންނަށްވެސް މަރުޙަބާ އާއި ތަހުނިޔާ ވިދާޅުވެފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދިވެހިރާއްޖެއާއި އެ ގައުމުތަކާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުންނާއި، ދެ ގައުމުން އިސްކަންދޭ މުހިންމު ދާއިރާތަކާ ބެހޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވިއެވެ. ޚާއްޞަގޮތެއްގައި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކުން ކުރާ އަސަރުތައް ކުޑަކުރުމަށް ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
ރައީސް އާއި ސަފީރުންގެ މި ބައްދަލުކުރެއްވުންތަކުގައި، ތިމާވެއްޓާއި ދެމެހެއްޓެނިވި ތަރައްޤީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ރާއްޖެއާއި މި ގައުމުތަކާ ދެމެދު އޮތް ރަޙްމަތްތެރިކަމުގެ ގުޅުން އައު އުސްމިންތަކަކަށް ގެންދިއުމަށްޓަކައި އެކުގައި މަސައްކަތް ކުރެއްވުމުގެ ޢަޒުމް ހުރިހާ ބޭފުޅުންވެސް އައުކުރެއްވިއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު