ތިލަފުށީގެ ވޯކް ސައިޓެއްގައި ބަންގްލަދޭޝްގެ ރައްޔިތަކު މަރުވެފައި އޮއްވައި ފެނުނު ހާދިސާގައި ހައްޔަރުކުރި މީހާގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ މިންވަރަށް ހެކި ނެތުމުން، އޭނާގެ މައްޗަށް ދައުވާ ނުކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ) އޮފީހުން ނިންމައިފިއެވެ.
މި މައްސަލާގައި ދައުވާ ނުކުރަން ނިންމާފައިވަނީ ހާދިސާ ހިނގި ވަގުތު އެކްސްކަވޭޓަރު ދުއްވަން އިން ސްރީ ލަންކާގެ އުމުރުން 32 އަހަރުގެ ހެޝަން މަދުރަންގަ ޑިސަނަޔަކަ މެނިކަގެ މައްޗަށެވެ. މި ހާދިސާގައި މަރުވެފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ އަމީން މިއާ އެވެ.
ޕީޖީ އޮފީހުން މިގޮތަށް ނިންމީ، އަމީން މިއާ މަރުވުމުގައި އެކްސްކަވޭޓަރު ޑްރައިވަރުގެ އިހުމާލެއް އޮތްކަން ތަހުގީގަށް ސާބިތު ނުކުރެވޭތީއެވެ. ފުލުހުން ވަނީ ހާދިސާ ހިނގި ގޮތް އަލުން ކުޅެ، އެ މަންޒަރުތައް ދިރާސާކޮށްފައެވެ. އެ ދިރާސާތަކުން ދައްކާ ގޮތުގައި، ހާދިސާ ހިނގި ސަރަހައްދުގައި އަލިކަން ހުރި ގޮތުންނާއި މަސައްކަތުގެ މާހައުލު އޮތް ގޮތުން، އެ ސަރަހައްދުގައި މީހަކު ހުރިކަން ޑްރައިވަރަށް އެނގޭނެ އެއްވެސް ގޮތެއް ނެތެވެ. މީގެ އިތުރުން، ހާދިސާ ހިނގި ވަގުތު އަމީން މިއާ ހުރީ އެކްސްކަވޭޓަރާ ގާތްގަނޑަކަށް 10 ފޫޓު ދުރުގައި ކަމަށްވެސް ޕީޖީ އޮފީހުން ބުނެފައިވެއެވެ.
ފުލުހުން މި މައްސަލައިގެ ތަހުގީގަށް ފަހު ޕީޖީ އޮފީހަށް ފޮނުވީ "ގަސްދަކާނުލައި މީހަކު މެރުމުގެ ކުށުގެ ދައުވާ" އުފުލުމަށެވެ. ނަމަވެސް ޕީޖީ އޮފީހުން ފާހަގަކުރި ގޮތުގައި، އަމީން މިއާ އަކީ އޭނާގެ ވަޒީފާގެ މަސްއޫލިއްޔަތުތަކަށް ބަލާއިރު އެ ވަގުތު އެ ސަރަހައްދުގައި ހުންނަން ޖެހޭ މީހެއް ނޫނެވެ. އަދި ކުނިގޮނޑަށް އަރައި އުޅުމަކީ ނުރައްކާތެރި ކަމަކަށްވާތީ ވެމްކޯއިން އެކަން މަނާކޮށްފައި އޮތްއިރު، އަމީން އެތަނަށް ގޮސްފައިވަނީ އެ އުސޫލުތަކާ ޚިލާފަށެވެ.
އަމީން މިއާ މަރުވެފައި އޮއްވައި ފެނުނީ ތިލަފުށީގައި ހުރި ކުނި ފުންޏެއްގެ ތެރެއިންނެވެ. ސީސީޓީވީ ފުޓޭޖްތަކުން ފެންނަ ގޮތުގައި، އެކްސްކަވޭޓަރުގެ ދަތްގަނޑުން އަމީންގެ ގައިގައި ޖެހި އޭނާ ވެއްޓުނު ނަމަވެސް، ޑްރައިވަރަށް އެކަން ރޭކާލާފައެއް ނުވެއެވެ. އެހެންކަމުން މަސައްކަތް މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމުގެ ތެރޭގައި، ކުނިތަކާއެކު އޭނާގެ ހަށިގަނޑު އެހެން ދިމާލަކަށް ބަދަލުވެ، ކުނިތަކުގެ ދަށުވެ ނޭވާ ހާސްވެގެން އޭނާ މަރުވީއެވެ.
ޕީޖީ އޮފީހުން އިތުރަށް ބުނެފައިވަނީ، މަރުވި މީހާއާއި ޑްރައިވަރާ ދެމެދު އެއްވެސް ބާވަތެއްގެ ޒާތީ ހަސަދައެއް ނުވަތަ އަދާވަތްތެރިކަމެއް އޮތްކަން ތަހުގީގަށް ހޯދިފައި ނުވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ލަންކާގެ ޑްރައިވަރު ވަނީ ތަހުގީގަށް ގިނަ ދުވަސްތަކެއް ވަންދެން ބަންދުގައި ހޭދަކޮށްފައެވެ. އޭނާ ވަނީ މި ހާދިސާއާ ގުޅިގެން ނަފްސާނީ ގޮތުން އަސަރުކޮށްފައިވާތީ، ރާއްޖެއިން ފޮނުވާލުމަށްވެސް ކުރިން އެދިފައެވެ. ޕީޖީ އޮފީހުން ދައުވާ ނުކުރަން ނިންމުމާއެކު މިހާރު އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު