އިޒުރޭލުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
އިޒުރޭލުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު
އިޒުރޭލުގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރެއް ކަމަށްވާ އެލެކްސް ސްޓެއިން ވިދާޅުވީ، އިސްރޭލު ދައުލަތަކީ އެޕާޓްހެއިޑް ނުވަތަ ނަސްލީ އަޅުވެތިގެ ނިޒާމެއް އޮތް ދައުލަތެއް ކަމަށް ބުނާ ކޮންމެ މީހަކީ އިސްރޭލަށް ވަނުމުގެ ހައްގެއް އޮތް މީހެއް ނޫން ކަމަށެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ފަނޑިޔާރު އެފަދައިން ވިދާޅުވީ ޣައްޒާ އަދި ހުޅަނގު އައްސޭރީގައި މަސައްކަތް ކުރުން އިސްރޭލުން މަނާކޮށްފައިވާ ބައިނަލްއަޤްވާމީ އިންސާނީ އެހީދޭ ޖަމްޢިއްޔާތަކަކުން ހުށަހަޅާފައިވާ މައްސަލައެއްގެ އަޑުއެހުމުގެ ތެރެއިންނެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް އެހީތެރިވުން ކުރިއަށް ގެންދިއުމަށް އެ ޖަމްޢިއްޔާތަކުން ކުރި އެދުން އިސްރޭލުން ވަނީ ކުރިން ބާތިލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ވަކި މައްސަލައެއްގައި ފަނޑިޔާރުން ވަނީ، ޣައްޒާގެ ބަލިމީހުންނަށް ފަރުވާ ހޯދުމަށް އިސްރޭލަށް ވަނުމުގެ ހުއްދަ ދިނުމަށް އެދި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމްޢިއްޔާތަކަކުން ހުށަހަޅާފައިވާ ޕެޓިޝަނެއްގައި ހިމަނާފައިވާ ޞިއްޙީ ރައުޔެއް ނަގައިފައެވެ.

އެ ރައުޔުގައި އިސްރޭލުގެ އަސްކަރިއްޔާއަށާއި ސަރުކާރަށް ތުހުމަތުތަކެއް ކޮށްފައިވާ ކަމަށް ބުނެ، އެ ބައި އުނިކުރުމަށް ފަނޑިޔާރުން އަންގާފައިވެއެވެ.

މި ޕެޓިޝަންތައް ހުށަހަޅާފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކާއި ސަރަޙައްދުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކޮށްފައިވާ މަޝްހޫރު ޖަމްޢިއްޔާއެއް ކަމަށްވާ 'ސޭވް ދަ ޗިލްޑްރަން' އާއި، އިޓަލީގެ ޖަމްޢިއްޔާއެއް އެކެވެ.



ކިޔުންތެރިންގެ ހިޔާލު