ނިއުޔޯކް ސިޓީގެ މޭޔަރ މަމްދާނީ ވިދާޅުވީ، ބައިނަލްއަޤްވާމީ ޖަރީމާތަކާބެހޭ ކޯޓުން (އައި.ސީ.ސީ) އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރެފައިވާ އަމުރު ތަންފީޒު ކުރުމުގެ ޤާނޫނީ އިޚްތިޞާޞް ނުވަތަ ބާރު ނިއުޔޯކް ސިޓީގެ ސަރުކާރަށް ލިބިގެން ނުވާކަމަށެވެ.
ސޯޝަލް މީޑިއާގައި ޙިއްޞާކުރެއްވި ވީޑިއޯ މެސެޖެއްގައި މަމްދާނީ ނަތަންޔާހޫ ސިފަކުރެއްވީ "ހަނގުރާމައިގެ ކުށްވެރިއެއް" ގެ ގޮތުގައެވެ. އަދި އޭނާއަށް ނިއުޔޯކް ސިޓީއިން މަރުޙަބާ ނުކިޔާނެ ކަމަށާއި، ނަމަވެސް އެމެރިކާގެ ފެޑެރަލް ސަރުކާރަށް މި އަމުރު ތަންފީޒުކުރުމުގެ ޤާނޫނީ ޤާބިލުކަން ލިބިގެންވާތީ، އައި.ސީ.ސީ އާ ގުޅިގެން އެ އަމުރު ތަންފީޒު ކުރުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އދ. ގެ ޢާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނަތަންޔާހޫ ނިއުޔޯކަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭއިރު، އެމަނިކުފާނު ވަޑައިގެންފިނަމަ ހައްޔަރުކުރެވިދާނެތޯ ސިޓީގެ ލީގަލް ޑިޕާޓްމަންޓާއެކު މަޝްވަރާކުރައްވަމުން ގެންދަވާ ކަމަށް މަމްދާނީ ކުރިން ވިދާޅުވެފައިވެއެވެ.
ނަމަވެސް، ސިޓީގެ ކަމާބެހޭ ހުރިހާ ޤާނޫނީ މަގުތަކެއް ބެލުމަށްފަހު، ސިޓީގެ ފުލުހުންނަށް އެފަދަ ބާރެއް ނެތްކަން ޔަޤީންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެމެރިކާގެ ފަސްގަނޑުގައި ހުންނަވަނިކޮށް ނަތަންޔާހޫ އެއްވެސް ޙާލެއްގައި ހައްޔަރު ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.

ARG
ކިޔުންތެރިންގެ ހިޔާލު