ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު
އަންހެނަކާ އެކު ބޭއްވި ނޭދެވޭ ގުޅުންތަކެއްގެ މައްސަލައިގައި، ސިންގަޕޫރުގެ މުސްލިމް ކަންތައްތަކާ ބެހޭ ވަޒީރު އަދި ހޯމް އެފެއާޒް މިނިސްޓްރީގެ ސީނިއާ މިނިސްޓަރު އޮފް ސްޓޭޓް މުހައްމަދު ފައިޝަލް އިބްރާހީމް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، ރާއްޖޭގެ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދިވެހި ސަރުކާރަށް ވަރުގަދަ ފާޑުކިޔުންތަކެއް އަމާޒުކުރައްވައިފިއެވެ.

ސިންގަޕޫރުގެ ބޮޑުވަޒީރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި، އިސްތިއުފާ ދެއްވި ވަޒީރާއި އެ އަންހެން މީހާއާ ދެމެދު ގިނަ އަދަދަކަށް މެސެޖުތައް ބަދަލުކޮށްފައިވާކަން އެނގިފައިވާ އިރު، އާންމު ބައެއް ބައްދަލުވުންތަކުން ވެސް އެ ދެމީހުން ބައްދަލުވެފައިވާކަން ވަނީ ހާމަވެފައެވެ.

މި ކަމާ ގުޅިގެން ޑރ. ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ހަރުދަނާ ޑިމޮކްރަސީތަކުގައި މިފަދަ ތުހުމަތުތައް ކުރިމަތިވުމުން، ދައުލަތުގެ މަތީ މަގާމުތަކުގައި ތިއްބަވާ ފަރާތްތަކުން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑުތަކެއް އޮންނަ ކަމަށެވެ.





އެގޮތުން، އެފަދަ ތުހުމަތުތައް ކުރާ ފަރާތްތަކަށް ބިރުދައްކައި، ފަހަތުން ދުވެ ކޯޓު އަމުރުތައް ހޯދުމުގެ ބަދަލުގައި، ރައްޔިތުންގެ އިތުބާރު ގެއްލި މަގާމުގެ ހައިބަތަށް އުނިކަން އަތުވެއްޖެ ކަމަށް ގަބޫލުކޮށް، އަމިއްލައަށް އިސްތިއުފާ ދިނުމަކީ އެންމެ ރިތި ގޮތް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މަގާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި ޒިންމާދާރުކަމާއެކު މަގާމުން ދުރުވުން ނޫން އިތުރު ގޮތެއް އެފަދަ ހާލަތްތަކުގައި އޮވެގެން ނުވާނެ ކަމަށް ވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު