ހުޅުމާލެ ފޭސް ދޭއްގެ ހިޔާ ޕާކު ސަރަހައްދުގައި ރޭ ހިންގި ގުރޫޕް މާރާމާރީއަކާ ގުޅިގެން 16 އަހަރުގެ ކުޑަކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާގެ ރިޕޯޓް އެ މުއައްސަސާއަށް ލިބިފައިވަނީ ރޭ 20:40 އެހައިކަންހާއިރުއެވެ. މި މާރާމާރީއަކީ ދެ ގުރޫޕެއްގެ
މެދުގައި ހިނގި ހަމަނުޖެހުމެއް ކަމަށާއި، މި ކަމުގައި އަމަލީ ގޮތުން ބައިވެރިވެފައިވަނީ އުމުރުން 16 އަހަރާއި 17 އަހަރާ ދެމެދުގެ ކުޑަކުދިން ކަމަށް ފުލުހުން ފާހަގަކޮށްފައިވެއެވެ.
މި ހަމަނުޖެހުމުގައި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް، އާންމު ރައްޔިތުން ދިރިއުޅޭ ސަރަހައްދެ
އްގައި މިފަދަ ނުރައްކާތެރި ހަމަނުޖެހުމެއް ހިންގުމާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެ، މައްސަލައިގައި ތުހުމަތުކުރެވޭ 16 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
މި މާރާމާރީ ހިނގަން މެދުވެރިވި ސީދާ ސަބަބެއް ފުލުހުން މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

ARG
ކިޔުންތެރިންގެ ހިޔާލު