2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދާ ޓީމަކަށް 50 މިލިއަން ޑޮލަރުގެ ބޮޑު އިނާމެއް ލިބޭނެކަން ކަށަވަރުވެއްޖެ އެވެ.
މިއީ ފުޓްބޯޅައިގެ ތާރީހުގައި ވެސް މުބާރާތެއްގެ ޗެމްޕިއަނުންނަށް ދޭ އެންމެ ބޮޑު ފައިސާގެ އިނާމެވެ. މި ފައިނަލް މެޗުގައި ވާދަކުރާ ސްޕެއިން ނުވަތަ އާޖެންޓީނާގެ ތެރެއިން މޮޅުވާ ޓީމަކަށް މި އަދަދު ލިބޭއިރު، ރަނަރަޕް ޓީމަށް 33 މިލިއަން ޑޮލަރު ލިބޭނެ އެވެ.
މުބާރާތުގެ ތިންވަނައަށް ހޮވޭ ޤައުމަކަށް 29 މިލިއަން އެމެރިކާ ޑޮލަރު އަދި ހަތަރުވަނައަށް ހޮވޭ ޤައުމަކަށް 27 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ކަނޑައަޅާފައެވެ. މުބާރާތުގެ 5 ވަނަ އާއި 8 ވަނައާ ދެމެދުގެ މަޤާމުތައް ހޯދާ ޓީމުތަކަށް 19 މިލިއަން އެމެރިކާ ޑޮލަރު، 9 ވަނަ އާއި 16 ވަނައާ ދެމެދުގެ ޓީމުތަކަށް 15 މިލިއަން އެމެރިކާ ޑޮލަރު، އަދި 17 ވަނަ އާއި 32 ވަނައާ ދެމެދުގެ މަޤާމުތަކަށް 11 މިލިއަން އެމެރިކާ ޑޮލަރު ލިބޭނެއެވެ. އަދި 33 ވަނަ އާއި 48 ވަނައާ ދެމެދުގެ މަޤާމުތައް ހޯދާ ޓީމުތަކަށް އިނާމެއްގެ ގޮތުގައި 9 މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް ވަނީ ހަމަޖެހިފައެވެ.
މިއަހަރުގެ ވޯލްޑް ކަޕަކީ ފައިސާގެ ގޮތުން ވެސް ރެކޯޑުތަކެއް މުގުރާލި މުބާރާތެކެވެ. ފީފާއިން ވަނީ މުބާރާތުގައި ބައިވެރިވި 48 ގައުމުގެ މެދުގައި ޖުމްލަ 655 މިލިއަން ޑޮލަރު ބަހާފަ އެވެ.
މިއީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރު އަދަދެކެވެ. މި ބޮޑު ބަދަލު ގެނައީ މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ އަދަދު އިތުރުވުމާއި، ޓީމުތަކުން ކުރަންޖެހޭ ދަތުރުފަތުރާއި ތަމްރީނުތަކުގެ ހަރަދުތައް ބޮޑުވުމާ ގުޅިގެން ގައުމުތަކުން ކުރި ޝަކުވާތަކާ ގުޅިގެންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު