މުފްތީ މެންކް
މުފްތީ މެންކް
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފައިނަލް މެޗު މިރޭ ނިއު ޖަރޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު، މި ފޯރިގަދަ މެޗުގައި ވާދަކުރާނީ ސްޕެއިން އަދި އާޖެންޓީނާ އެވެ.

މި މުބާރާތުގެ ފައިނަލާ ގުޅޭގޮތުން ދީނީ އިލްމުވެރިޔާ މުފްތީ މެންކް ސްޕެއިންއަށް ތާއީދު ކުރައްވާކަމަށް ފޭސްބުކްގައި އެމަނިކުފާނު ވަނީ ހާމަ ކުރައްވާފައެވެ.





މުފްތީ މެންކަކީ އާއްމުކޮށް ކުޅިވަރު މުބާރާތްތަކުގެ ތެރެއިން ވަކި ޓީމަކަށް ތާއީދުކުރައްވާ ބޭފުޅެއް ނޫނެވެ؛ މީގެ ކުރިން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ތެރޭގައިވެސް އެމަނިކުފާނު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުތަކަކީ މައިގަނޑު ގޮތެއްގައި ސަމާސާގެ ގޮތުންނާއި އިސްލާމީ ގައުމުތަކަށް ހިތްވަރު ދެއްވުމަށް ކުރެއްވި ޕޯސްޓުތަކެކެވެ.

މުޅި ދުނިޔެ ކެތްތެރިކަމެއް ނެތި އިންތިޒާރު ކުރަމުންދާ މި ފޯރިގަދަ މެޗަށް ދެ ޓީމުންވެސް ވަނީ އެންމެ ފުރިހަމައަށް ތައްޔާރުވެފައެވެ. މުބާރާތުގެ ފައިނަލް މެޗުގެ ކުރިން ކުޅުނު ތިންވަނަ ހޮވާ މެޗުގައި ފްރާންސްގެ މައްޗަށް 4-6 ގެ ނަތީޖާއަކުން ކުރިހޯދައި، ތިންވަނަ މަގާމު ކާމިޔާބުކޮށްފައިވަނީ އިނގިރޭސިވިލާތެވެ.

މިރޭގެ ފައިނަލް މެޗުގެ ފޯރި އިތުރަށް ގަދަކުރުމުގެ ގޮތުން، މެޗު ފެށުމުގެ ކުރިންނާއި ހާފް-ޓައިމްގައި ދުނިޔޭގެ ނަންމަޝްހޫރު ފަންނާނުންގެ ހާއްސަ ހުށަހެޅުންތަކެއް ފެނިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް