އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ހާމަކުރި ގޮތުގައި، އެ ގައުމުގެ ދެކުނުހުޅަނގު ސިޓީއެއް ކަމަށްވާ އަހްވާޒްގެ މަތިން އެމެރިކާގެ އަސްކަރިއްޔާއަށް ނިސްބަތްވާ އެމްކިއު-9 ރީޕާ ޑްރޯނެއް ވަނީ ވައްޓާލާފައެވެ.
މިއަދު އީރާނުގެ ދައުލަތުގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މި ޑްރޯން ވައްޓާލާފައިވަނީ އެ ގައުމުގެ އަސްކަރިއްޔާއިން އަލަށް ބޭނުންކުރަން ފެށި ޒަމާނީ އެއާ ޑިފެންސް ނިޒާމެއް މެދުވެރިކޮށެވެ.
މި ޑްރޯން ވައްޓާލާފައި މިވަނީ އެމެރިކާއާއި އީރާނާ ދެމެދު މިހާރު ކުރެވެމުންދާ ހަނގުރާމައިގެ ތެރޭގައި، ސަރަހައްދީ އަސްކަރީ ހަމަނުޖެހުންތައް އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.
މި ހަނގުރާމައިގެ ތެރޭގައި މީގެ ކުރިންވެސް އެމެރިކާގެ ގިނަ އަދަދެއްގެ ޑްރޯންތަކެއް އީރާނުން ވައްޓާލާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އަހްވާޒްގެ މަތިން ޑްރޯނެއް ވައްޓާލިކަމަށް އީރާނުން ކުރި މި ދައުވާއާ ގުޅިގެން އެމެރިކާގެ ސެންޓްރަލް ކޮމާންޑް (ސެންޓްކޮމް) އިން މިހާތަނަށް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައި ނުވެއެވެ.
މި ހަމަނުޖެހުންތައް އިތުރަށް ގޯސްވެފައިވަނީ ދާދި ފަހުން ޖޯޑަންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް އީރާނުން ދިން ހަމަލާތަކެއްގައި އެމެރިކާގެ ދެ ސިފައިން މަރުވެ، އިތުރު ބަޔަކު ޒަހަމްވުމާ ގުޅިގެންނެވެ. އޭގެ ބަދަލުހިފުމުގެ ގޮތުން، އެމެރިކާއިން އީރާނުގެ އަސްކަރީ މަރުކަޒުތަކަށާއި، މިސައިލް އަދި ޑްރޯން ރައްކާކުރާ ތަންތަނަށް އަމާޒުކޮށް މިދިޔަ ހަފުތާގެ ތެރޭގައި ވަރުގަދަ ވައިގެ ހަމަލާތަކެއް ދީފައިވެއެވެ.
މީގެ އިތުރުން، ހޯމްޒް ކަނޑުއޮޅި ކޮންޓްރޯލް ކުރުމާ ގުޅޭގޮތުން ދެ ގައުމުގެ ދެމެދުގައި އުފެދިފައިވާ އަރައިރުންތަކުގެ ސަބަބުން، ދެ ފަރާތުން ވެސް ދަނީ އެކަކު އަނެކަކުގެ އަސްކަރީ އަދި އިގްތިސާދީ މަސްލަހަތުތަކަށް އަމާޒުކޮށް ހަމަލާތައް ދެމުންނެވެ.
މީގެ ތެރޭގައި އީރާނުގެ ބަނދަރުތައް ބަންދުކުރުމާއި، އެމެރިކާއިން އިގްތިސާދީ މަރުކަޒުތަކަށް ހަމަލާދިނުން ފަދަ ކަންކަން ހިމެނެއެވެ.
ހަނގުރާމަ ހުއްޓާލުމަށް ކުރެވުނު މަޝްވަރާތައް ނާކާމިޔާބުވުމާއެކު، މި ހަނގުރާމަ ދިގުލައިގެން ދިއުމުގެ ބިރު ބޮޑުވެ، ސަރަހައްދީ އަދި ދުނިޔޭގެ އިގްތިސާދަށްވެސް އޭގެ ނޭދެވޭ އަސަރުތައް ކުރަމުންދާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު