އާރޖެންޓީނާއިން އިސްރާއިލް އަށް ކަނޑަ އަޅާފައިވާ ސަދީރު އާއި ނަތަންޔާހޫ
އާރޖެންޓީނާއިން އިސްރާއިލް އަށް ކަނޑަ އަޅާފައިވާ ސަދީރު އާއި ނަތަންޔާހޫ
ފީފާ ވޯލްޑް ކަޕްގެ ފައިނަލްގައި ސްޕެއިންއާ ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އެ ޤައުމަށް ތާއީދުކުރާކަން ހާމަކޮށް، ހެޔޮއެދުންތައް ފޮނުވައިފިއެވެ.

އިސްރާއީލަށް އާޖެންޓީނާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ރައްބީ ޝިމޮން އެކްސެލް ވަހްނީޝްއާ ބައްދަލުކުރައްވައި ނަތަންޔާހޫ ވަނީ އާޖެންޓީނާއަށް ކާމިޔާބީއަށް އެދިވަޑައިގެންފައެވެ. މި ބައްދަލުވުމުގައި ސަފީރު ވަނީ އާޖެންޓީނާގެ ރައީސް ހާވިއަރ މިލެއިގެ މެސެޖެއް ނަތަންޔާހޫއަށް އަރުވާފައެވެ.

ރައީސް މިލެއި އަކީ މިހާރު ބައިނަލްއަޤުވާމީ މައިދާނުގައި އިސްރާއީލުގެ އެންމެ ގާތް އެކުވެރިންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. މި މެސެޖުގައި ދެ ލީޑަރުންގެ ދެމެދުގައި އޮތް ގާތް ގުޅުމާއި އެކަކު އަނެކަކަށް ދެމުންދާ އެއްބާރުލުން ފާހަގަކުރައްވާފައިވެއެވެ.

މި މެސެޖަށް ރައްދު ދެއްވަމުން ނަތަންޔާހޫ ވަނީ ރައީސް މިލެއިއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވާފައެވެ.

"ހާވިއަރ، ތިއީ ތެދުވެރި އަދި ވަރަށް ގާތް އެކުވެރިއެއް. އަހަރެމެން މިތިބީ ތިޔަބޭފުޅާއާއި އާޖެންޓީނާއާ އެކު. މާދަމާގެ މެޗުގައި ކާމިޔާބީއަށް އެދެން،" ނަތަންޔާހޫ ވިދާޅުވިއެވެ.

މި ފައިނަލް މެޗަށް ސިޔާސީ ގޮތުން ބޮޑު ސަމާލުކަމެއް ލިބިފައިވަނީ، އިސްރާއީލާ މެދު އާޖެންޓީނާއާއި ސްޕެއިންގެ ސަރުކާރުން ގެންގުޅޭ ތަފާތު ސިޔާސަތުތަކުގެ ސަބަބުންނެވެ.

އާޖެންޓީނާގެ ރައީސް އިސްރާއީލަށް ފާޅުގައި ތާއީދުކުރައްވާއިރު، ސްޕެއިން ސަރުކާރުން ވަނީ ގައްޒާގައި އިސްރާއީލުން ހިންގަމުންދާ އަސްކަރީ އަމަލުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

މި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ސޯޝަލް މީޑިއާގައިވެސް މި މެޗާ ގުޅޭގޮތުން ތަފާތު ބަހުސްތައް ދަނީ ކުރެވެމުންނެވެ. ބައެއް ފަރާތްތަކުން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ފާޑުކިޔުންތައް އަމާޒުކުރަމުންދާއިރު، އެކި ކަހަލަ ތިއަރީތައްވެސް ދަނީ ފަތުރަމުންނެވެ. ނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އެތައް މިލިއަން ފުޓްބޯޅަ ސަޕޯޓަރުން އިންތިޒާރު ކުރަމުންދަނީ ދުނިޔޭގެ ފުޓްބޯޅައިގެ ދެ ގަދަބާރުގެ މެދުގައި ކުޅެވޭ ފޯރިގަދަ ކުރިމަތިލުމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް