ފީފާ އިން ވިއްކާ ދަނޑުފެ ވިނަގަނޑުގެ ބޮލޮކެއް ސާމްޕަލް
ފީފާ އިން ވިއްކާ ދަނޑުފެ ވިނަގަނޑުގެ ބޮލޮކެއް ސާމްޕަލް
2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފައިނަލް މެޗު ކުޅޭ ދަނޑުގެ ވިނަގަނޑުން ބައެއް މިލްކުކުރުމުގެ ތާރީޚީ ފުރުސަތު ފުޓުބޯޅަ ސަޕޯޓަރުންނަށް ފީފާއިން ހުޅުވާލައިފިއެވެ. މިއީ ވޯލްޑް ކަޕްގެ ތާރީޚީ ހަނދާނެއް ރައްކާކުރުމަށް ފީފާއިން ތައާރަފުކުރި ޚާއްޞަ ކަލެކްޝަނެކެވެ.

ފައިނަލް.މެޗް ކުޅޭ ދަނޑުގެ ވިނަގަނޑުން ވިއްކާ ބްލޮކްތަށް ވަނީ ވަރަށް ބޮޑަށް ރައްކާތެރިކޮށް، ފެންވަރު ރަނގަޅު ޑިސްޕްލޭ ކޭސްތަކެއްގައި ބަންދުކުރެވިފައެވެ. މީގެ އިތުރުން، މިއީ ފައިނަލް މެޗު ކުޅުނު ދަނޑުގެ އަސްލު ވިނަގަނޑުކަން ކަށަވަރުކޮށްދޭ ރަސްމީ ލިޔެކިޔުންތައްވެސް މީގެ ކޮންމެ އެތިކޮޅަކާއެކު ލިބޭނެއެވެ.

މި ކަލެކްޝަން ހަތަރު ބަޔަކަށް ބަހާލައިގެން ވިއްކުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އާދައިގެ އެޑިޝަނެއްގެ އަގަކީ 450 އެމެރިކާ ޑޮލަރެވެ. އަދި ޕްރީމިއަމް އެޑިޝަންތައް ލިބެން ހުރީ 900 ޑޮލަރާއި، 1,200 ޑޮލަރާއި އަދި 3,000 ޑޮލަރަށެވެ. މިއީ ވަރަށް މަދު އަދަދަކަށް ތައްޔާރުކުރާ ތަކެތި ކަމުން، މިއީ ފުޓުބޯޅައަށް ލޯބިކުރާ ފަރާތްތަކާއި ތާރީޚީ ތަކެތި އެއްކުރާ ފަރާތްތަކަށް ލިބޭނެ އަގުހުރި ހަދިޔާއަކަށް ވާނެއެވެ.

ފީފާއިން ހާމަކުރި ގޮތުގައި، މި ހަރަކާތުގެ މައިގަނޑު ބޭނުމަކީ ދުނިޔޭގެ އެންމެ މުހިންމު އެއް ފުޓުބޯޅަ މެޗާ ސަޕޯޓަރުންނާ ދެމެދު ދާއިމީ ގުޅުމެއް އުފެއްދުމެވެ. ބައެއް އަގުބޮޑު އެޑިޝަންތަކުގައި ވިނަގަނޑު ދައްކާލުމަށް އިތުރު ފުރިހަމަ ގޮތްތަކާއި ޑިޖިޓަލް ސެޓްފިކެޓްތައްވެސް ހިމެނެއެވެ.

މެޗުތަކުގައި ބޭނުންކުރާ ތަކެތި ހަނދާނަކަށް ރައްކާކުރުމަކީ ފަހަކަށް އައިސް ދުނިޔޭގައި ވަރަށް މަގުބޫލުވަމުން އަންނަ ކަމެކެވެ.

މީގެ ކުރިންވެސް ބޮޑެތި މުބާރާތްތަކުގައި ބޭނުންކޮށްފައިވާ ޖާޒީ، ބޯޅަ، ގޯލް ދާގަނޑު އަދި ދަނޑުގެ ވިނަގަނޑުން ބައެއް ފަދަ ތަކެއްޗަކީ ކަލެކްޓަރުންގެ މެދުގައި ބޮޑު ތަރުހީބެއް ލިބޭ ތަކެއްޗެވެ.

ވޯލްޑް ކަޕް ފައިނަލް ދަނޑުގެ ވިނަގަނޑު ވިއްކުމަށް ފީފާއިން ނިންމި ނިންމުމާއެކު، މުބާރާތް ނިމުމަށްފަހުވެސް އޭގެ އަތްލެވޭ ފަދަ ތާރީޚީ ބައެއް މިލްކުކުރުމުގެ ނާދިރު ފުރުސަތެއް ސަޕޯޓަރުންނަށް މިވަނީ ފަހިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް