ވޯލްޑް ކަޕް ފައިނަލް މެޗުގެ ކުރިން ބޭއްވުމަށް ހަމަޖެހިފައި އޮތް ސްޕެއިންގެ ފަހު ފަރިތަކުރުންތައް، ނިއުޔޯކާއި ނިއު ޖާޒީއަށް ކުރިމަތިވި ގަދަ ވިއްސާރައާއި ގުގުރުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.
ލުއިސް ޑެލާ ފުއެންޓޭގެ އިރުޝާދުގެ ދަށުން ކުޅޭ ސްޕެއިން ޓީމުން ފަރިތަކުރުންތައް ކުރިއަށް ގެންދަން އޮތީ ނިއު ޖާޒީގެ މެލަނީ ލޭން ޓްރެއިނިންގ ގްރައުންޑުގައެވެ. ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ފުރަތަމަ ފަރިތަކުރުންތައް މެދުކަނޑާލުމަށްފަހު، ފަހުން ވަނީ އެއްކޮށް ކެންސަލްކޮށްފައެވެ.
ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން ފަރިތަކުރަން އޮތް ތަނާ ފަސް މޭލު ދުރުގައި އޮތް މޮރިސްޓައުންގައި އާޖެންޓީނާ ޓީމުން ވަނީ 45 މިނެޓުގެ ލަސްވުމަކަށްފަހު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައެވެ.
މި މުބާރާތުގެ ފައިނަލްގައި ވާދަވެރި ސްޕެއިން އާއި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ ބައްދަލުކުރާނީ އާދިއްތަ ދުވަހު ނިއުޔޯކް ނިއު ޖާޒީ ސްޓޭޑިއަމްގައެވެ.
ހޮނިހިރު ދުވަހު ނިއުޔޯކް ސިޓީގެ މޭޔަރު ޒޮހްރާން ކްވާމޭ މަމްދާނީ ވިދާޅުވީ، ސިޓީއަށް ފެންބޮޑުވުމުގެ އިންޒާރު ނެރެފައިވާ ކަމަށާއި، މިފަދަ ނުރައްކާތެރި ހާލަތެއްގައި ރައްޔިތުންގެ ސަލާމަތަށް ނުރައްކާވާ ފަދަ ކަންކަން ނުކުރުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެމެރިކާގެ ތޫފާނާ ގުޅޭ ސަލާމަތީ އުސޫލުތަކާ އެއްގޮތަށް މެލަނީ ލޭން ޓްރެއިނިންގ ގްރައުންޑުގައި ކުރިއަށްގެންދަން އޮތް ފަރިތަކުރުންތައް މެދުކަނޑާލާފައިވާ ކަމަށެވެ. އަދި ކުޅުންތެރިން މިވަގުތު އިންޑޯގައި ވޯމް-އަޕް ސެޝަނެއް ކުރިއަށްގެންދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެމެރިކާގެ އުސޫލުތައް ބުނާގޮތުން، ކުޅިވަރު ކުޅޭ ސަރަހައްދުގެ އަށް މޭލު ރޭޑިއަސްއެއްގެ ތެރޭގައި ގުގުރާ ނުވަތަ ވިދާލައިފިނަމަ، ބޭރުގައި ބާއްވާ ހުރިހާ ހަރަކާތްތަކެއް ވަގުތުން މެދުކަނޑާލަންޖެހެއެވެ. އަދި ހަރަކާތްތައް އަލުން ފެށޭނީ އެންމެ ފަހުން ވިދި ނުވަތަ ގުގުރިތާ 30 މިނެޓު ވުމަށްފަހުގައެވެ.
މި ހަފުތާގެ ކުރީކޮޅު ކެނެޑާގެ ޖަންގަލިތަކުގައި ރޯވި އަލިފާނުގެ ސަބަބުން އުފެދުނު ދުމުގެ އަސަރު ނިއުޔޯކަށް ކުރުމާ ގުޅިގެން، ވައިގެ ނުސާފުކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ނެރެފައެވެ.
ސްޕެއިން ފައިނަލުން ޖާގަ ހޯދީ އަންގާރަ ދުވަހު ފްރާންސް އަތުން 2-0 އިން މޮޅުވެގެންނެވެ. އާޖެންޓީނާ ފައިނަލަށް ދަތުރުކުރީ ބުދަ ދުވަހު އިންގްލެންޑާ ބައްދަލުކޮށް، ފަހަތުން އަރައި 2-1 އިން މެޗު ކާމިޔާބުކޮށްގެންނެވެ.

ARG
ކިޔުންތެރިންގެ ހިޔާލު