މިހާރު ސަރުކާރުގެ ތެރެއިން ފެންނަމުންދަނީ ނުހަނު ކަންބޮޑުވާންޖެހޭ ފަދަ ދޯހޮޅި ސިޔާސަތުތަކެކެވެ. މައްސަލަތަކަށް ދާއިމީ ޙައްލެއް ހޯދުމުގެ ބަދަލުގައި، އާ އޮފީސްތަކާއި، ކުންފުނިތައް ނުވަތަ އޮތޯރިޓީތައް އުފެއްދުމަކީ ޢާންމު އުޞޫލަކަށް ވެއްޖެއެވެ. ވަކި މުއައްސަސާއެއްގައި ހުރި އިސްވެރިއަކަށް އެދެވޭ ނަތީޖާއެއް ނެރެނުދެވުމުން، އެ މީހަކު އެހެން މަޤާމަކަށް ބަދަލުކޮށް، އެ ތަނަށް އާ މީހަކު އައްޔަންކުރުމުގެ ބުރު ތަކުރާރުވަމުންދަނީ އެއްވެސް އިޞްލާޙީ ބަދަލެއް ނުފެނިއެވެ. މިއީ މުޖުތަމަޢުގެ ލާބައަށް ކުރެވޭ މަސައްކަތެއްގެ ބަދަލުގައި، ހަމައެކަނި ސަރުކާރުގެ އެތެރޭގެ އިންތިޒާމުތަކެއްގެ ގޮތުގައި ފާހަގަވެއެވެ.
މަގުތަކުގެ ތަރުތީބު ގެއްލުމާއި، ބޭސްފަރުވާގެ ދަތިކަން ފަދަ ޒަރޫރީ ކަންކަމުގައިވެސް ހަމައެކަނި ފެންނަ ޙައްލަކީ އިތުރު މުއައްސަސާއެއް އުފެއްދުމެވެ. ނަމަވެސް، މިފަދަ އިދާރީ އިތުރުވުންތަކުން ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކަށް އެދެވޭ ލުޔެއް ލިބޭތަނެއް ނުފެނެއެވެ. މިފަދަ ދޯހޮޅި ސިޔާސަތުތަކުގެ ސަބަބުން ދައުލަތުގެ ބަޖެޓަށް ބުރަވެ، ހިންގުމުގެ ނިޒާމު އިތުރަށް ބުރަހެލިވެގެންދެއެވެ.
ދައުލަތުގެ މުއައްސަސާތަކުގެ ހިންގުމާ ޙަވާލުވެވަޑައިގެން ތިއްބަވާ ވަޒީރުންނާ ސުވާލުކުރުމުން، ގިނަ ފަހަރަށް ފެންނަނީ އެ ބޭފުޅުން ކަންކަމަށް ތައްޔާރުވެވަޑައިގެން ނެތް މަންޒަރެވެ. ސާފު އަދި ސީދާ ޖަވާބެއް ދެއްވުމުގެ ބަދަލުގައި، ބައެއް ބޭފުޅުން ސުވާލުތަކުން ރެކިވަޑައިގަތުމަށް މަސައްކަތް ކުރައްވައެވެ. އެއީ އެ ބޭފުޅުންގެ އިޚްތިޞާޞްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށް ވިދާޅުވެ ނުވަތަ އެއީ ދެއްކުން "އެކަށީގެންވާ" ވާހަކައެއް ނޫން ކަމަށް ބުނެ، ތިމާގެ މަސްއޫލިއްޔަތުން ބަރީއަވުމަށް މަސައްކަތް ކުރައްވާތަން ފެނެއެވެ. މިފަދަ ޢަމަލުތަކުގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް ރައްޔިތުން ކުރާ އިތުބާރު ދަނީ ކުޑަވަމުންނެވެ.
ރައްޔިތުން މިއަދު ބޭނުންވަނީ އާ އިޢުލާންތަކެއް ނޫނެވެ. އެ ބޭފުޅުން އެދެނީ ޢަމަލީ ނަތީޖާއަށެވެ. ކޮންމެ ފަހަރަކުވެސް ފެންނަނީ އާ މަޝްރޫޢުތަކުގެ ފޮނި ވަޢުދުތަކެވެ. ނަމަވެސް، އެންމެ މުހިންމީ ޢަމަލީ ގޮތުން ފެންނަން ހުންނަ ކުރިއެރުމެވެ. އަހަރުތަކެއް ވަންދެން ތަކުރާރުވަމުންދާ ވަޢުދުތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި މާޔޫސްކަން ދަނީ އިތުރުވަމުންނެވެ. ރައްޔިތުންގެ މިއަދުގެ ގޮވައިލުމަކީ ބަހަށްވުރެ ބޮޑަށް ޢަމަލަށް އިސްކަންދިނުމެވެ.
މިހާރު ފަށާފައިވާ މަސައްކަތްތައް ނިންމުމަކީ ކޮންމެހެން ބޭނުންތެރި ކަމެކެވެ. އަދި ދައުލަތުގެ މަސްއޫލުވެރިން ކަންކަމުގެ ޙަޤީޤީ މަޢުލޫމާތު ހާމަކުރަންޖެހެއެވެ. މީޑިއާގެ ވަސީލަތްތައް ބޭނުންކުރަންވާނީ އަމިއްލަ ޝަޚްޞިއްޔަތު އިޝްތިހާރު ކުރުމުގެ ބަދަލުގައި، ދެފުށް ފެންނަ ގޮތެއްގައި ކަންކަން ހާމަކޮށް ޖަވާބުދާރީވުމަށެވެ.
ކޮންމެ ސަރުކާރަކަށްވެސް ކުރީގެ ސަރުކާރުތަކުން ނުނިމި ހުރި މަސައްކަތްތަކެއް ވާރުތަވާނެއެވެ. ވެރިކަން ކުރުމަކީ މެދުކެނޑުމެއް ނެތި ކުރިއަށްދާ ސިލްސިލާއެކެވެ. ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ފަށާފައިވާ މަޝްރޫޢުތައް މެދުކަނޑާނުލައި ކުރިއަށް ގެންގޮސް، އެއްބަސްވެފައިވާ ކަންކަން ފުރިހަމަކުރުމަކީ ދައުލަތުގެ ޒިންމާއެކެވެ. ޤައުމުގެ ކުރިއެރުން ބިނާވެފައިވަނީ މިފަދަ ހަރުދަނާ ސިޔާސަތުތަކުގެ މައްޗަށެވެ. ކުރީގެ ސަރުކާރުތަކުން ވާރުތަވި މަސްއޫލިއްޔަތުތަކަކީ އެހެން ބައެއްގެ މައްސަލައެއް ކަމަށް ދެކި، އެކަންކަމަށް ފަރުވާކުޑަކުރުމަކީ ތަރައްޤީއަށް އެޅޭ ހުރަހެކެވެ.
ދައުލަތުގެ މަތީ މަޤާމުތަކަކީ ހަމައެކަނި ބާރުތަކެއް ނޫނެވެ؛ އެއީ އަމާނާތްތެރިކަމާއެކު އުފުލަންޖެހޭ ބޮޑު މަސްއޫލިއްޔަތެކެވެ. ވެރިންގެ ކިބައިން ރައްޔިތުން އުންމީދު ކުރަނީ މައްސަލަތަކަށް ދާއިމީ ޙައްލު ހޯދައިދިނުމަށެވެ. މާޒީގައި ކަން ހިނގާފައިވާ ގޮތަކީ މިހާރުގެ ނުކުޅެދުންތެރިކަން ފޮރުވަން ދައްކާ އުޒުރަކަށް ވެގެން ނުވާނެއެވެ. ވެރިކަމަށް ތިން އަހަރު ފާއިތުވެގެންދާއިރު، ބިން ހަވާލުކުރުން ފަދަ ޒަރޫރީ ކަންކަން ލަސްވުމަކީ އިންތިހާއަށް ކަންބޮޑުވާންޖެހޭ ކަމެކެވެ.
ޚުލާޞާކޮށް ދަންނަވާނަމަ، ވެރިކަމެއްގެ ކާމިޔާބީ މިނެކިރާނީ އެ ސަރުކާރަކުން ދައްކާ ނަތީޖާއިންނެވެ. ރައްޔިތުން ބޭނުންވަނީ ނިމިފައިވާ މަޝްރޫޢުތަކާއި، ފެންވަރު ރަނގަޅު ޚިދުމަތްތަކެވެ. ނުނިމޭ ވަޢުދުތަކުގެ ބުރު އެނބުރޭތަން ބަލާކަށް ރައްޔިތުން ދެނެއް ބޭނުމެއް ނުވެއެވެ.

ARG
ކިޔުންތެރިންގެ ހިޔާލު