އިޒްރޭލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ ފަލަސްތީނުގެ ރައްޔިތުން ފިލުމުގެ ފުރުސަތު ހަނިކުރުމަށްޓަކައި، ޖަލުތަކުގެ ވަށައިގެން ކިނބޫ ގެންގުޅޭ ކޯރުތަކެއް (މޯޓްސް) ހެދުމަށް އިޒްރޭލުގެ ނެޝަނަލް ސެކިއުރިޓީ މިނިސްޓަރު އިޓަމާ ބެން-ގްވިއާ ހުށަހެޅުއްވި ހިޔާލަށް ގާނޫނީ ހުރަސްތަކެއް ނެތްކަމަށް މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ހީބްރޫ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި އިޒްރޭލުގެ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން މިނިސްޓަރު އީޑިތު ސިލްމަން ވަނީ ކިނބުލަކީ "ބަލަހައްޓާ ޖަނަވާރުން" ކަމަށް ކަނޑައަޅައި، އެފަދަ ތަންތަނުގައި ކިނބޫ ގެންގުޅުމުގެ ހުއްދަ ދޭ ގަރާރެއްގައި ސޮއިކުރައްވާފައެވެ.
މީގެ ކުރިން ކިނބުލަކީ ހިމާޔަތްކޮށްފައިވާ ޖަނަވާރަކަށް ވާތީ، ޚާއްސަ ލައިސަންސް ލިބިފައިވާ ޒޫތަކުގައި ނޫނީ އެތަކެތި ގެންގުޅުމަކީ މަނާ ކަމެކެވެ. ނަމަވެސް، ގެނެވުނު މި ބަދަލާއެކު، އިޒްރޭލުގެ ޖަލުތައް ބަލަހައްޓާ އިދާރާއަށް މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އޮތް ގާނޫނީ ހުރަސްތައް މިވަނީ ނައްތާލެވިފައެވެ.
މިހާރު އެ އިދާރާއިން ދަނީ ކިނބޫ ގެންގުޅޭނެ ގޮތާއި، އެތަކެތި ބެލެހެއްޓުމަށް ބޭނުންވާ ތަމްރީނު ހޯދުމަށް ޒޫތަކުގެ އެހީތެރިކަން ހޯދަމުންނެވެ. ޖަލުތައް ބަލަހައްޓާ ފަރާތްތަކުން ދެކޭ ގޮތުގައި، މިފަދަ އިންތިޒާމެއްގެ ސަބަބުން ޖަލުގެ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަވެ، އިދާރީ ހަރަދުތައް ކުޑަކުރެވޭނެއެވެ.
ނަމަވެސް، މި ނިންމުމާ ގުޅިގެން އިޒްރޭލުގެ ނޭޗާ އެންޑް ޕާކްސް އޮތޯރިޓީގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އެ ޖަމިއްޔާތަކުން ބުނާ ގޮތުގައި، މިހާރުވެސް 9,500 އަށްވުރެ ގިނަ ފަލަސްތީނުގެ ރައްޔިތުން އިޒްރޭލުގެ ޖަލުތަކުގައި ލާއިންސާނީ ހާލަތެއްގައި ބަންދުކޮށްފައި ތިބިއިރު، މިއީ އެމީހުންނާ މެދު ހިންގޭ އިތުރު އަނިޔާވެރި އަމަލެކެވެ. އަދި ޖަލުތަކުގައި ފަލަސްތީނުގެ ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާ ނުދިނުމާއި، އަނިޔާކުރުމުގެ މައްސަލަތައް އިންތިހާއަށް ބޮޑުވެފައިވާކަން ވެސް އެ ފަރާތްތަކުން ފާހަގަކުރެއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު