2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިއާއެކު ނިމުމަކާ ގާތްވަމުންދާއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ މި ހަފުތާ ބަންދުގައި ކުޅޭ ފޯރިގަދަ ފައިނަލް މެޗަށެވެ. މި މެޗަކީ ހަމައެކަނި ދެ ގައުމެއްގެ ކުރިމަތިލުމެއް ނޫނެވެ. މިއީ ފުޓްބޯޅައިގެ ތާރީޚުގައި ލިޔެވިގެންދާނެ އެންމެ އަސަރުގަދަ އަދި އާދަޔާޚިލާފު ބައްދަލުވުމެވެ.
ފައިނަލް މެޗް ތާރީޙީ މެޗަކަށް ވެގެންދާއިރު، އެއްކޮޅުން ބައްދަލުކުރަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލިއޮނަލް މެސީއެވެ. އަނެއްކޮޅުން ބައްދަލުކުރަނީ މީގެ 18 އަހަރު ކުރިން، ޗެރިޓީ އިވެންޓެއްގެ ތެރެއިން މެސީ އުރާލި ތުއްތު ކުއްޖާ، ސްޕެއިންގެ ޒުވާން ތަރި ލަމީން ޔަމާލްއެވެ.
ތާރީޚީ ބައްދަލުވުން: ތުއްތު ޔަމާލް މެސީގެ އަތްމަތީގައި
މީގެ 18 އަހަރު ކުރިން ބާސެލޯނާގައި ބޭއްވި ޗެރިޓީ ކަލަންޑަރެއްގެ ފޮޓޯޝޫޓެއްގެ ތެރެއިން، އުމުރުން އެންމެ މަސްތަކެއްވީ ލަމީން ޔަމާލް ފެނިގެންދިޔައީ މެސީގެ އަތްމަތީގައެވެ. އޭރު މެސީއަކީ ބާސެލޯނާގައި އަރަމުން އައި ޒުވާން ތަރިއެކެވެ. މިއަދު އެ ތުއްތު ކުއްޖާ ބޮޑުވެ، ދުނިޔޭގެ އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ގޮތުގައި މެސީއާ ދެކޮޅަށް ނުކުންނައިރު، މިއީ މެސީވެސް ޖެހިލުންވާނެ ފަދަ އިއްތިފާގެކެވެ. އެއްވެސް މީހަކު ހީނުކުރާ މި ބައްދަލުވުން ހަގީގަތަކަށް ވާނީ އަންނަ އާދީއްތަ ދުވަހު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ.
ފައިނަލް މެޗުގެ ތަފްސީލް
2026 ގެ ވޯލްޑް ކަޕް ފައިނަލް އޮންނާނީ ޖުލައި 19 ވާ އާދީއްތަ ދުވަހުއެވެ. މިއީ ފާއިތުވި ފަސް ހަފުތާ ތެރޭގައި ކުޅުނު 104 މެޗުގެ ތެރެއިން އެންމެ މުހިންމު މެޗެވެ.
ގަޑި: އިނގިރޭސިވިލާތުގެ ގަޑިން ރޭގަނޑު 8:00، ނިއު ޔޯކް ގަޑިން މެންދުރުފަހު 3:00 (ރާއްޖޭ ގަޑިން ހޯމަ ދުވަހުގެ ދަމިނަމަހު 00:00 ގައެވެ).
ދަނޑު: ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމް (82,500 މީހުންގެ ޖާގަ). މިއީ NFL ގެ އެންމެ ބޮޑު ސްޓޭޑިއަމްގެ އިތުރުން 2025 ގެ ކްލަބް ވޯލްޑް ކަޕް ފައިނަލްވެސް ބޭއްވި ދަނޑެވެ.
ދެ ޓީމު ފައިނަލަށް ދަތުރުކުރި ގޮތް
ސްޕެއިން: މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ފެށި ސްޕެއިން، ފުރަތަމަ މެޗުގައި ކޭޕް ވާޑްއާ އެއްވަރުވިޔަސް، އޭގެ ފަހުން ފެނުނީ ވަރުގަދަ ކުޅުމެކެވެ. ސައުދީ އަރަބިއްޔާ، އުރުގުއޭ، އޮސްޓްރިއާ އަދި ޕޯޗުގަލް ބަލިކުރުމަށްފަހު، ކުއާޓާގައި ބެލްޖިއަމް އަދި ސެމީގައި ފްރާންސް 2-0 އިން ބަލިކޮށް ފައިނަލުން ޖާގަ ހޯދިއެވެ.
އާޖެންޓީނާ: ލިއޮނަލް މެސީގެ ކެޕްޓަންކަމުގައި އާޖެންޓީނާ ފެށީ ވަރަށް ވަރުގަދަކޮށެވެ. މެސީ ވަނީ މުބާރާތުގައި ހެޓްރިކެއް ހަދައި، ވޯލްޑް ކަޕް ތާރީޚުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް މުގުރާލާފައެވެ. ގަދަ 16 ގައި މިސްރު އަތުން ފަހަތުން އަރައި މޮޅުވިއިރު، ސެމީ ފައިނަލުގައި އިންގްލެންޑް ބަލިކުރީ 2-1 އިންނެވެ.
ރެކޯޑްތަކާއި ތާރީޚު
އާޖެންޓީނާގެ އަމާޒަކީ ޖެހިޖެހިގެން ދެވަނަ ފަހަރަށް އަދި ޖުމްލަ ހަތަރުވަނަ ފަހަރަށް ތަށި އުފުލާލުމެވެ. ސްޕެއިން އުންމީދު ކުރަނީ 2010 ވަނަ އަހަރަށްފަހު ދެވަނަ ފަހަރަށް ތަށި ހޯދުމަށެވެ. މިހާތަނަށް ދެ ޓީމު 14 ފަހަރު ބައްދަލުކޮށްފައިވާއިރު، ކޮންމެ ޓީމެއް ވަނީ 6 މެޗުން މޮޅުވެފައެވެ.
ފައިނަލް މެޗުގެ ޚާއްޞަ ކަންކަން
މި މެޗުގެ ހާފް-ޓައިމް ބްރޭކް ބައިގަޑިއިރަށް ދެމިގެންދާއިރު، މެޑޯނާ، ޖަސްޓިން ބީބަރ، ޝަކީރާ، ބީ.ޓީ.އެސް އަދި ކޯލްޑްޕްލޭ ފަދަ މަޝްހޫރު ފަންނާނުންގެ ހުށަހެޅުންތައް ފެންނާނެއެވެ. ނިންމުމުގެ ރަސްމިއްޔާތުގައި ރޮބީ ވިލިއަމްސް އާއި ޓޮމް ކްރޫޒް ބައިވެރިވާނެއެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މެޗު ބައްލަވާލައްވައި ތަށި ހަވާލުކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަމަށް ބެލެވެއެވެ.
2030 ވަނަ އަހަރުގެ ވޯލްޑް ކަޕް މޮރޮކޯ، ޕޯޗުގަލް އަދި ސްޕެއިންގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، މި ފައިނަލަކީ ފުޓްބޯޅައިގެ އައު ޖީލެއްގެ ފެށުމާއި ކުރީގެ ލެޖެންޑުންގެ ވަދާއީ ކުރިމަތިލުމެއްގެ ގޮތުގައި ތާރީޚުގައި ބަދަލުވެގެންދާނެ މެޗެކެވެ. އެންމެންގެ އިންތިޒާރަކީ މެސީ އާއި އޭނާ އުރާލި ޔަމާލްގެ މި ތާރީޚީ ކުރިމަތިލުމުން މޮޅުވާނީ ކާކުތޯ ބެލުމެވެ.

ARG

ކިޔުންތެރިންގެ ހިޔާލު