މޯލްޑިވްސް ޒަކާތު ހައުސްއިން ދޫކުރާ ޒަކާތު ފަންޑުގެ މަތީ ތަޢުލީމުގެ ސްކޮލާޝިޕްތަކަށް އެދި ހުށަހެޅުމުގެ ސުންގަޑި އަންނަ އޮގަސްޓު މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު އިޢުލާންކުރި މި ފުރުސަތުގެ މުއްދަތު ކުރިން ހަމަވާގޮތަށް އޮތީ މިއަދަށެވެ. ނަމަވެސް ޒަކާތު ހައުސްއިން މިހާރު ނިންމާފައިވަނީ އަންނަ މަހުގެ 16 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލުމަށެވެ. މިއީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ މަޝްހޫރު ޔުނިވާސިޓީތަކުގައި މަތީ ތަޢުލީމު ހާސިލުކުރުމަށް ދޭ ޚާއްޞަ ފުރުސަތުތަކެކެވެ.
ޒަކާތު ފަންޑުގެ އެހީގައި ދޫކުރާ މި ސްކީމްގެ ދަށުން ޖުމްލަ 30 ދަރިވަރަކަށް ކިޔެވުމުގެ މަގު ފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ މަތީ ތަޢުލީމުދޭ މުއައްސަސާތަކުން ކިޔެވުމަށް ދޫކުރާ 10 ފުރުސަތާއި، ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުން ކިޔެވުމަށް ދޫކުރާ 20 ފުރުސަތެވެ. މި ސްކޮލާޝިޕްތައް މައިގަނޑު ގޮތެއްގައި ޚާއްޞަކޮށްފައިވަނީ މާސްޓާސް އަދި ޕީއެޗްޑީ ފެންވަރަށް އިސްލާމީ އެކި ދާއިރާތަކުން އިލްމު އުނގެނުމަށެވެ.
އޭގެ ތެރޭގައި އިސްލާމީ ޝަރީޢާ، ކީރިތި ޤުރްއާނާ ބެހޭ ޢިލްމު، އިސްލާމީ ތަޢުލީމު، އިސްލާމީ ދިރާސާ އަދި ޝާއިޢުކުރުން، އިސްލާމީ ނޫސްވެރިކަން، ޢަޤީދާ، ފިޤުހު އަދި އުޞޫލުލް ފިޤުހުގެ އިތުރުން އިސްލާމީ ލީޑަރޝިޕް އެންޑް މެނޭޖްމަންޓް ފަދަ މުހިންމު ދާއިރާތައް ހިމެނެއެވެ. މީގެ އިތުރުން ދިވެހި މުޖުތަމަޢަށް ބޭނުންތެރި އިޖުތިމާޢީ އެހެން ދާއިރާތަކުން ކިޔެވުމަށް އެދި ހުށަހެޅުމުގެ ފުރުސަތުވެސް ވަނީ ހުޅުވައިލާފައެވެ.
މި ފަހަރުގެ ސްކީމްގައި ވަނީ ވަރަށް ޚާއްޞަ ދާއިރާތަކަކަށްވެސް އިސްކަންދީފައެވެ. އެގޮތުން އަންހެނުންގެ ޞިއްޙަތާ ގުޅުންހުރި ދާއިރާތަކުން އަންހެން ޑޮކްޓަރުން ތަމްރީނުކުރުމަށް 5 ސްކޮލާޝިޕް ދިނުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިޞްރާއި ސަޢުދީ ޢަރަބިއްޔާގައި މިހާރު ކިޔަވަމުންދާ ދަރިވަރުންގެ ތެރެއިން 5 ދަރިވަރަކަށް މާލީ އެހީތެރިކަން (ސްޓައިޕެންޑް) ފޯރުކޮށްދިނުމަށްވެސް ވަނީ ނިންމާފައެވެ.
މި ސްކޮލާޝިޕްތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، މާލީ އެހީތެރިކަމަށް ބޭނުންވެފައިވާ ދިވެހިންނަށެވެ. އަދި އެ ދަރިވަރަކީ އެމްކިއުއޭއިން ޤަބޫލުކުރާ ފުލްޓައިމް ކޯހެއްގައި ކިޔަވާ، އަދި ސަރުކާރުގެ އެހެން އެއްވެސް އިދާރާއަކުން މާލީ އެހީތެރިކަން ލިބޭ ފަރާތަކަށް ވެގެން ނުވާނެއެވެ.
މި ސްކީމްގެ ދަށުން ރާއްޖޭގައި ކިޔަވާ ދަރިވަރުންނަށް އެމްއެންޔޫ، އައިޔޫއެމް ފަދަ ސަރުކާރު ޔުނިވާސިޓީތަކުގެ އިތުރުން ވިލާ، އެވިޑް އަދި ޒިކުރާ ކޮލެޖުން ކިޔެވުމުގެ ފުރުސަތު އޮންނާނެއެވެ. ރާއްޖެއިން ބޭރުގެ ޔުނިވާސިޓީތަކުގެ ތެރޭގައި އަލް އަޒްހަރާއި އައިއައިޔޫއެމް ފަދަ ދުނިޔޭގެ ނަންމަޝްހޫރު މުއައްސަސާތައް ހިމެނެއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު