މި ހިނގާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމުގެ ރިޕޯޓް ފޮތް މިއަދު ދަރިވަރުންނާ ހަވާލުކޮށް، ސްކޫލްތައް ބަންދުވެ ދަރިވަރުން 12 ދުވަހުގެ ޗުއްޓީއަކަށް ހިނގައްޖެއެވެ.
މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ކަނޑައަޅާފައިވާ އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުގެ މަތިން، ފުރަތަމަ ޓާމުގެ ކިޔެވުން ނިމި މިއަދު ޗުއްޓީ ފެށިފައިވާއިރު، ދެވަނަ ޓާމުގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.
މި އަހަރުގެ ދިރާސީ ކަލަންޑަރު ބައްޓަންކުރެވިފައިވާ ގޮތުން، ދަރިވަރުންނަށް ބޮޑު ޗުއްޓީ ލިބޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އެ ޗުއްޓީ ނިމި 2027 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 12 ވަނަ ދުވަހާ ހަމައަށް ދެމިގެންދާއިރު، އާ ދިރާސީ އަހަރެއްގެ ކިޔެވުން ރަސްމީކޮށް ފެށުމަށް ތާވަލުކޮށްފައިވަނީ ޖެނުއަރީ 17، 2027 ގައެވެ.
ތައުލީމީ ދާއިރާގެ ތަފާސްހިސާބުތަކަށް ބަލާއިރު، ރާއްޖޭގެ ސަރުކާރުގެ 217 ސްކޫލެއްގައި މިހާރު 81,000 އަށްވުރެ ގިނަ ދަރިވަރުން އަންނަނީ ތައުލީމު ހާސިލުކުރަމުންނެވެ. މި ދަރިވަރުންނަށް އުނގަންނައިދިނުމުގެ މަސައްކަތުގައި 9,950 ޓީޗަރުން މިވަގުތު ހަރަކާތްތެރިވަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެއެވެ.
ސަރުކާރު ސްކޫލުތަކުގެ އިތުރުން އަމިއްލަ ފަރާތްތަކުން ހިންގާ ސްކޫލުތަކުގައިވެސް ގިނަ އަދަދެއްގެ ދަރިވަރުން އަންނަނީ
ކިޔަވަމުންނެވެ. އެގޮތުން ޕްރައިވެޓް ސްކޫލުތަކުގެ އެލްކޭޖީން ފެށިގެން ގްރޭޑް 12 އާ ހަމައަށް 13,000 އަށް ވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާއިރު، އޭގެ ތެރެއިން ބޮޑު އިންސައްތައެއް ހިއްސާކުރަނީ މާލޭ ސަރަހައްދެވެ. މާލޭގެ އަމިއްލަ ސްކޫލުތަކުގައި އެކަނިވެސް 9,000 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާކަން މިނިސްޓްރީން ފާހަގަކުރެއެވެ.

ARG

ކިޔުންތެރިންގެ ހިޔާލު