ރާއްޖޭގެ ބާޒާރުގައި ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކޮށް މާކެޓް ކުރަމުންދާ މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ "އުފަންވެލި" ފިހާރަތަކުން، ކަސްޓަމަރުންނަށް ވަރަށް ޚާއްޞަ ތިން ދުވަހުގެ ޕްރޮމޯޝަނެއް އަނެއްކާވެސް ފަށައިފިއެވެ.
މިއީ އެ ކުންފުނީގެ ކަސްޓަމަރުންނަށް ހެޔޮ އަގުގައި މުދާ ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ސިލްސިލާ ހަރަކާތްތަކުގެ ތެރެއިން ފެށި ޕްރޮމޯޝަނެކެވެ.
މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރައިގެ ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްދާނީ ބުރާސްފަތި ދުވަހުން ފެށިގެން މި ހަފްތާގެ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި އުފަންވެލި ފިހާރަތަކަށް ޒިޔާރަތްކުރާ ކަސްޓަމަރުންނަށް ބަދިގެއަށް ބޭނުންވާ މުހިންމު ބާވަތްތަކުން ބޮޑެތި ޑިސްކައުންޓުތައް ލިބިގެންދާނެއެވެ.
ތިން ދުވަހުގެ މި ޕްރޮމޯޝަނުގައި އަގުހެޔޮކޮށް ލިބެން ހުންނަ ބައެއް ތަކެތީގެ ތެރޭގައި ކުކުޅުގެ އެކި ބާވަތްތަކާއި، ބަރަބޮލާއި، ފިޔައާއި، ލުނބޮއާއި، ފެހި އާފަލުގެ އިތުރުން މެންޑެރިން އޮރެންޖު ހިމެނެއެވެ. މިއީ އާންމުކޮށް ކޮންމެ ގެއެއްގައިވެސް ގިނައިން ބޭނުންކުރާ ބާވަތްތަކަށް ވުމާއެކު، މި ފުރުޞަތުގެ ސަބަބުން ކަސްޓަމަރުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަނަކީ ފެންވަރު ރަނގަޅު ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށާއި، އާއިލާތަކުގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް އެހީތެރިވެދިނުމަށް މަޑިހާ ކޮމްޕެނީން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. ފާހަގަކޮށްލެވޭ ގޮތުގައި މިދިޔަ ހަފްތާގައިވެސް އެ ކުންފުނިން ވަނީ މިފަދަ 3 ދުވަހުގެ ޕްރޮމޯޝަނެއް ވަރަށް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ވޭތުވެދިޔަ އަހަރުތަކުގައި އުފަންވެލި ފިހާރަތަކުން ވަނީ ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި، ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން، އެންމެ މަތީ ފެންވަރުގެ މަހުގެ ބާވަތްތަކާއި ގަނޑުކުރި ކާނާ އަދި ގޭތެރެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދީ ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ހޯދާފައެވެ.
މި ޕްރޮމޯޝަނުގައި ވީހާވެސް ގިނަ ކަސްޓަމަރުން ބައިވެރިވެ، ސްޓޮކް ހުސްވުމުގެ ކުރިން މި ޚާއްޞަ ފުރުޞަތުގެ ފައިދާ ހޯދުމަށް މަޑިހާ ކުންފުނިން އެދެއެވެ. މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި އުފަންވެލި ފިހާރަތަކުން ކަސްޓަމަރުންނަށް މިހާރު ޕްރޮމޯޝަންގެ ދަށުން ވިޔަފާރި ކުރެވޭނެއެވެ. ތާޒާކަމާއި ހެޔޮ އަގު އެއްތަނަކުން ހޯއްދެވުމަށް އުފަންވެލި ފިހާރަތަކަށް ޒިޔާރަތް ކުރައްވާށެވެ.

ARG

ކިޔުންތެރިންގެ ހިޔާލު