ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ގިނަ އަދަދެއްގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ޚިލާފަށް ކަމަށާއި، މިއީ ސިޔާސީ ބޭނުމެއްގައި ހިންގަމުންދާ އަމަލެއް ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ތުހުމަތު ކުރައްވައިފިއެވެ.
ފައްޔާޒު ވިދާޅުވި ގޮތުގައި، ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ހަމައެކަނި ކަމަކީ ރައީސް މުއިއްޒުއަށް ތާއިދު ނުކުރާ މީހުން ވަކިކުރުމެވެ.
ވަޒީފާތަކުން މީހުން ވަކިކުރުމުގައި އަމަލުކުރަމުންދަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކޮށްފައިވާ ވަކި ލިސްޓަކަށް ކަމަށާއި، މިކަމުގެ ސަބަބުން އެތައް އަހަރަކު ހިދުމަތްކޮށްފައިވާ ގާބިލު މުވައްޒަފުން ވަޒީފާ ގެއްލި، އެ މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި 24 ގަޑިއިރުގެ ނޯޓިސްއެއް ވެސް ނުދީ، އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަކަށް ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
މިފަދައިން ސިޔާސީ ގޮތުން އަމާޒުކޮށް، އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއްކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މިގޮތުން، ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ މި އަމަލުތަކުގައި ބައިވެރިވާ ފަރާތްތަކާ ކުރިއަށް އޮތް ތަނުގައި ގާނޫނު އަރާ ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މަގާމު އުވާލުމަށް ފަހު އެޗްޑީސީގެ ވަޒީފާއިން އެތައް މުވައްޒަފުންނެއް ކަނޑަމުންދަނީ ވަޒީފާއާ ބެހޭ ގާނޫނުތަކާ ކަނޑައެޅިގެން ހިލާފަށް. 24 ގަޑިއިރުގެ ނޯޓިސް ވެސް ނުދީ އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަށް ވަނީ ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައި. ވަޒީފާތަކުން…
— Fayyaz Ismail (@faya_i) July 15, 2026
ވަޒީފާތަކުން މީހުން ވަކިކުރުމުގައި އަމަލުކުރަމުންދަނީ ޕީއެންސީގެ މަޖިލިސް މެންބަރުން ތައްޔާރުކޮށްފައިވާ ވަކި ލިސްޓަކަށް ކަމަށާއި، މިކަމުގެ ސަބަބުން އެތައް އަހަރަކު ހިދުމަތްކޮށްފައިވާ ގާބިލު މުވައްޒަފުން ވަޒީފާ ގެއްލި، އެ މަގާމުތަކަށް ސިޔާސީ އެކްޓިވިސްޓުން އައްޔަން ކުރަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި 24 ގަޑިއިރުގެ ނޯޓިސްއެއް ވެސް ނުދީ، އެމްޑީޕީއަށް ތާއިދުކުރާ އެތައް ސަތޭކަ މުވައްޒަފުންނަކަށް ވަޒީފާއިން ވަކިވުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ.
މިފަދައިން ސިޔާސީ ގޮތުން އަމާޒުކޮށް، އެތައް އާއިލާއެއްގެ އާމްދަނީ ހުއްޓުވާލުމަކީ ދެވޭ ބޮޑު އަނިޔާއެއްކަން ފާހަގަކުރައްވައި ފައްޔާޒު ވަނީ ވަރުގަދަ އިންޒާރެއް ދެއްވާފައެވެ. މިގޮތުން، ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރުމުގެ މި އަމަލުތަކުގައި ބައިވެރިވާ ފަރާތްތަކާ ކުރިއަށް އޮތް ތަނުގައި ގާނޫނު އަރާ ހަމަކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު