މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރިންނަށް އެމް.އާރު ވެކްސިން ޖެހުން
މާލެ ސިޓީ ކައުންސިލްގެ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރިންނަށް އެމް.އާރު ވެކްސިން ޖެހުން
މާލެ ސިޓީ ކައުންސިލްގައި މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނާއި ޖަމާއަތްތެރިންނަށް އަމާޒުކޮށްގެން، ހިމަބިއްސާއި ރުބެއްލާ (އެމް.އާރު) އިން ރައްކާތެރިވުމަށް ޚާއްސަ ވެކްސިން ޖެހުމުގެ ޕްރޮގްރާމެއް މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ، މިއަދު ހެނދުނު މާލެ ސިޓީ ހޯލުގައި ކުރިއަށްދިޔަ މި ޕްރޮގްރާމަކީ މާލެ ސިޓީގެ މޭޔަރ އާދަމް ޢާޒިމްގެ އިރުޝާދުގެ މަތިން ކުރިއަށް ގެންދެވުނު ހަރަކާތެއް ކަމަށެވެ. މިއީ ކައުންސިލްގެ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރުކުރުމަށާއި، ބަލިތަކުން ދިފާއުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.

މި ވެކްސިން ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ އާބަން ޕްރައިމަރީ ހެލްތު ކެއަރ ސެންޓަރުގެ ފަންނީ އެހީތެރިކަމާއެކުގައެވެ. މި ހަރަކާތް އިންތިޒާމް ކުރުމުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދެއްވި ފުރިހަމަ އެއްބާރުލުމަށްޓަކައި، މޭޔަރ އާދަމް ޢާޒިމް ވަނީ އެ އެޖެންސީއަށް ޚާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

މާލެ ސިޓީ ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި، މިފަދަ ޕްރޮގްރާމެއް ހިންގުމުގެ މައިގަނޑު މަގްސަދަކީ ކައުންސިލްގެ މުވައްޒަފުންނަކީ ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން ޚިދުމަތްދޭ ބަޔަކަށް ހެދުމެވެ.

މީގެ އިތުރުން، މުޖުތަމައުގެ ތެރޭގައި ގައިންގަޔަށް އަރާ ބަލިތައް ފެތުރުން ހުއްޓުވުމާއި، އާންމު ސިއްހަތު ސަލާމަތްކުރުމަކީވެސް މި ޕްރޮގްރާމްގެ މުހިންމު ބޭނުމެއް ކަމުގައި ކައުންސިލުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު