އަލަތު ކައިވެނީގެ ވަލީމާ ބޭއްވުމަށް މާލޭގައި ހިލޭ ޖާގަ ހަމަޖައްސައިދިނުމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މުހިންމު މަޝްވަރާތަކެއް ބުދަ ދުވަހު ބާއްވައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލްގެ 5 ވަނަ ދައުރުގެ 8 ވަނަ ރަސްމީ އާންމު ޖަލްސާގައި ކަމަށެވެ. މި ހުށަހެޅުމަކީ މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމްގެ އިންތިޚާބީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާފަންނު ދެކުނު ދާއިރާގެ ކައުންސިލަރު އިބްރާހިމް ލަބާން ޝަރީފް ވިދާޅުވީ، މިއީ މޭޔަރުގެ ވައުދުފުޅަކަށް ވާތީ، ވީހާވެސް އަވަހަކަށް މިކަން ނިންމަން ބޭނުންފުޅުވާ ކަމަށެވެ.
"މި ކަމުގައި ވީހައި ވެސް އަވަހަށް، އުސޫލެއް ހަމަޖައްސައި، ޒުވާނުންނަށް މި ފުރުސަތު ލިބޭނެ މަގެއް ފަހިވުމަކީ، އަޅުގަނޑުމެން ބޭނުންވާ ގޮތް،" ލަބާން ވިދާޅުވިއެވެ.
ލަބާންގެ ވާހަކަފުޅަށް ތާއީދު ކުރައްވަމުން ހުޅުމާލެ ދެކުނު ދާއިރާގެ ކައުންސިލަރު އަޙުމަދު ޣާލިބު ވިދާޅުވީ، ޒުވާނުންނަށް ކޮށްދެވޭ ކޮންމެ ކަމަކަށް މުޅި ކައުންސިލްގެ ފުރިހަމަ އެއްބާރުލުން އޮންނާނެ ކަމަށެވެ. މި އިންތިޒާމުގެ މައިގަނޑު މަގުސަދަކީ ކައިވެނިކުރާ ޒުވާނުންނަށް މާލީ ގޮތުން ކުރިމަތިވާ ތަކުލީފުތަކަށް ލުޔެއް ހޯދައިދިނުމެވެ.
މި މައްސަލައަކީ ބަޖެޓާ ގުޅުންހުރި ކަމަކަށް ވާތީ، މޭޔަރު އާދަމް އާޒިމް ވަނީ މިކަން އިތުރަށް ދިރާސާކުރުމަށް ފައިނޭންޝަލް ބަޖެޓް ކޮމިޓީއަށް ފޮނުއްވާފައެވެ. މީގެ އިތުރުން، ސޯޝަލް ސާވިސް އެންޑް ޖެންޑާ އެންޑް ކޮމިއުނިޓީ ފޭސް ކޮމިޓީއާ ގުޅިގެން މިކަމުގައި އަމަލުކުރާނެ ގޮތެއް ނިންމުމަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލުން ނިންމާފައިވަނީ މި މައްސަލައިގައި ގޮތެއް ނިންމުމަށްޓަކައި ކައުންސިލްގެ ދެން އޮންނަ ޖަލްސާއަކަށް މިކަން ތާވަލުކުރުމަށެވެ.

ESP
ARG
ކިޔުންތެރިންގެ ހިޔާލު