ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުގައި މިހާރު އެންމެ ގަދައަށް ދެކެވޭ އެއް ވާހަކައަކީ، ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި އެމްޑީޕީގެ ރިޔާސީ ޓިކެޓަށް ވާދަކުރަށްވާނެ ކެންޑިޑޭޓުންގެ ވާހަކައެވެ. މި ރޭހުގައި އެންމެ ފާހަގަކޮށްލެވޭ އެއް ނަމަކަށް ވެފައިވަނީ ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމެވެ. ފައިސަލް މިވަނީ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރުމުގެ ޝައުގުވެރިކަން ހުރިކަން ރަސްމީކޮށް ހާމަކުރަށްވާފައެވެ.
ފައިސަލް ނަސީމަކީ ދިވެހި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރަށްވާފައިވާ ބޭފުޅެކެވެ. 2004 ވަނަ އަހަރުގެ ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ ފުވައްމުލަކު ދާއިރާގެ މެންބަރުކަމުން ސިޔާސީ ދާއިރާއަށް ނުކުންނެވި ފައިސަލް ވަނީ 2014 ވަނަ އަހަރު ކާށިދޫ ދާއިރާގެ މެންބަރުކަން ވެސް ކުރަށްވާފައެވެ. ނަމަވެސް އެމަނިކުފާނުގެ ސިޔާސީ ހަޔާތުގެ އެންމެ އުސްކުރިއަކީ 2018 އިން 2023 އަށް ރާއްޖޭގެ ނައިބު ރައީސްކަން ކުރެއްވުމެވެ. ފައިސަލަކީ އާ ގާނޫނުއަސާސީގެ ދަށުން ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ހަމައެކަނި ނައިބު ރައީސެވެ. ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއެކު އެމަނިކުފާނު ބެހެއްޓެވި ގާތް ގުޅުމާއި، ދެއްވި އެއްބާރުލުމުގެ ސަބަބުން "އެންމެ ވަފާތެރި ނައިބު ރައީސް" ގެ ނަން ފައިސަލަށް ވަނީ ލިބިވަޑައިގެންފައެވެ.
ފައިސަލް ނަސީމް ގިނަ ދުވަހު މަސައްކަތް ކުރެއްވީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގައެވެ. ނައިބު ރައީސްކަމަށް ވެސް ވަޑައިގެންނެވީ ޖޭޕީގެ ސްލޮޓެއްގައެވެ. ނަމަވެސް 16 އަހަރުގެ މެންބަރުކަމަށްފަހު، 2024 ޖެނުއަރީގައި އެ ޕާޓީން ވަކިވެވަޑައިގަތީ "މި ވަގުތަށް އެންމެ ރަނގަޅީ ޕާޓީން ވަކިވުން" ކަމަށް ފެންނާތީ ކަމަށް ވިދާޅުވަމުންނެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން، 22 ފެބްރުއަރީ 2024 ގައި ފައިސަލް ވަނީ ރަސްމީކޮށް އެމްޑީޕީއާ ގުޅިވަޑައިގެންފައެވެ.
ފައިސަލް ވިދާޅުވާ ގޮތުގައި ނައިބު ރައީސްކަމުގައި ހުންނެވި ދުވަސްވަރު ވެސް ގައުމަށް ގެންނަން ބޭނުންވި ބަދަލުތަކަކާއި އުއްމީދުތަކެއް ހުއްޓެވެ. "އެ ޝައުގުވެރިކަން އެބަ އޮތޭ، އެ އުއްމީދު އެބަ އޮތޭ، އެ މަސައްކަތް އެގޮތަށް އެބަ ކުރެވޭ." ފައިސަލް ވިދާޅުވިއެވެ. އެމަނިކުފާނު ގަބޫލުކުރަށްވާ ގޮތުގައި 2028 ވަނަ އަހަރު އެމްޑީޕީއަށް ކާމިޔާބު ހޯދޭނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައީސް ޞާލިހާއެކު މުޅި ޕާޓީ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކޮށްގެންނެވެ.
ފައިސަލް އެމްޑީޕީއަށް ގުޅީވަޑައިގަތީ 2023 ގެ ރިޔާސީ އިންތިޚާބުގައި ރައީސް ޞާލިހުގެ ރަނިންމޭޓަކަށް އޭނާ ނުނެންގެވުމުން އުފެދުނު ހިތްހަމަނުޖެހުންތަކަށް ފަހުގައެވެ. އޭރު ރައީސް ޞާލިހު އިޚްތިޔާރު ކުރެއްވީ އޭރުގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމެވެ. މީގެ އިތުރުން، ކުރީގެ ރައީސުންނަށް ދައުލަތުން ބޮޑެތި އިނާޔަތްތަކާއި ސެކިއުރިޓީ ލިބޭއިރު، ފަސް އަހަރުގެ ދައުރެއް ފުރިހަމަކުރެއްވި ނައިބު ރައީސަށް އެންމެ ކުޑަމިނުން ހަށިފާރަވެރިއެއް ވެސް ނެތްކަން ގިނަ ބަޔަކު ފާހަގަކުރެއެވެ. ފައިސަލްއަކީ އެމްޑީޕީގެ ސަރުކާރު ދިފާއުކޮށްދެއްވި ވަފާތެރިއަކަށް ވީއިރު، އެމްޑީޕީން އޭރު އެކަމަށް އެކަށީގެންވާ ސަމާލުކަމެއް ދީފައި ނުވާކަމުގެ ޝަކުވާ ފައިސަލްގެ ސަޕޯޓަރުން ކޮށްފައިވެއެވެ.
ފައިސަލް ނަސީމަކީ އެމްޑީޕީގެ ފިކުރާ ގުޅޭ، ތަޖުރިބާކާރު އަދި ރައްޔިތުންގެ އިތުބާރު އޮތް ޝަޚުސިއްޔަތެކެވެ. ނަމަވެސް ޕާޓީގެ އެތެރޭގެ ސިޔާސީ އޮއިވަރު ހުރިގޮތުން، 2028 ގެ ޓިކެޓް ހޯއްދެވުމަކީ ފައިސަލަށް އޮތް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. އެމަނިކުފާނުގެ ޝައުގުވެރިކަމާއެކު އެމްޑީޕީގެ އެތެރޭގެ ވާދަވެރިކަން މިހާރު ވަނީ އައު ހަރުފަތަކަށް ގޮސްފައެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު