ސްކޫލްގެ ރަސްމީ ގަޑިތަކަށްފަހު، ބެލެނިވެރިން އެ ދަރިން ޓިއުޝަނަށް ފޮނުވަނީ ހަމައެކަނި ދަރިވަރުންގެ ވަގުތުތައް ބުރަކުރުމުގެ ނިޔަތަކު ނޫނެވެ. އޭގެ މައިގަނޑު މަޤްޞަދަކީ، އުނގެނުމުގެ އެންމެ ފުރިހަމަ ފުރުޞަތުތައް ފަހިކޮށްދީ، ކުދިންގެ މުސްތަޤްބަލް އުޖާލާކުރުމަށް ބޭނުންވާ ބިންގާ އަޅައިދިނުމެވެ.
މިއަދުގެ ޖީލަށް ބަލާއިރު، އިނގިރޭސި ބަހުގެ ހުނަރާއި އާންމު މަޢުލޫމާތުގެ ގޮތުން ކުރީގެ ޖީލުތަކަށްވުރެ މި ޖީލުގެ ކުދިން މާ ބޮޑަށްވެސް މުއްސަންޖެވެ. ސްކޫލުން އުނގަންނައިދޭ ފިލާވަޅުތައް އިތުރަށް ހަރުދަނާކޮށް، ދުވަހުން ދުވަހަށް ތަޢުލީމީ މާޙައުލުގައި އިތުރުވަމުންދާ ވާދަވެރިކަމަށް ކުދިން ތައްޔާރުކުރުމަށް ބެލެނިވެރިން ބޭނުންކުރާ އެންމެ މުހިންމު އެއް ވަޞީލަތަކީ ޓިއުޝަނެވެ.
ޓިއުޝަނަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން އެޑިއުކޭޝަން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރެއްވި ނަމަވެސް، މިއީ ހަމައެކަނި ކުދިންގެ އަރާމާ ގުޅޭ ބަހުސަކުން ނިންމާލެވެން އޮތް ކަމެއް ނޫނެވެ. ބެލެނިވެރިން މި ގޮތް އިޚްތިޔާރުކުރާ އަސްލު ސަބަބުތައް ދެނެގަތުން މާ މުހިންމެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތަކީ، މިއަދުގެ ތަޢުލީމީ މަންހަޖު ފުޅާވެ، އެސެސްމަންޓްތަކާއި ޕްރޮޖެކްޓްތަކުގެ އިތުރުން ތަފާތު ހަރަކާތްތަކުން ދަރިވަރުންގެ ތަޢުލީމީ ޒިންމާތައް ވަނީ ކުރިއަށްވުރެ ބޮޑުވެފައިވާ ކަމެވެ.
މި ހުރިހާ ކަމެއް ފުރިހަމަކުރުމަށް ސްކޫލުގެ ރަސްމީ ވަގުތު އެކަނި މިހާރު ފުދޭވަރެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ތަޢުލީމު ހާސިލުކުރެއްވި ބޭފުޅުންގެ ތަޖުރިބާއާއި، މިއަދުގެ ދަރިވަރުން ކުރިމަތިލާންޖެހޭ ގޮންޖެހުންތަކާ އަޅާކިޔުމަކީ މިއަދުގެ ޙަޤީޤަތާ ބީރައްޓެހި ކަމެކެވެ. ބެލެނިވެރިން ޓިއުޝަނަށް ބޮޑު ހޭދައެއް ކުރަނީ އުފަލަކަށް ނޫނެވެ. އެއީ އުނދަގޫ މާއްދާތައް ފަހުމްކޮށްދީ، ނަތީޖާ ރަނގަޅުކޮށް، ކުދިންގެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމުގެ ބޭނުމުގައެވެ.
ކޮންމެ ބެލެނިވެރިއަކީވެސް ދަރިފުޅުގެ ކާމިޔާބީއަށް އެދޭ މީހެކެވެ. ސްކޫލުގެ މަދު ވަގުތުކޮޅުގެ ތެރޭގައި ކޮންމެ ކުއްޖަކަށް ބޭނުންވާ ޚާއްޞަ ސަމާލުކަން ނުލިބޭތީ، ޓިއުޝަނަކީ އެކަން ފޫބައްދައިދޭ އިތުރު އެހީއެކެވެ. 2026 ވަނަ އަހަރާ ބައްދަލުކުރާއިރު، ޓެކްނޮލޮޖީއާއި ވާދަވެރިކަން ވަނީ އިންތިހާއަށް އިތުރުވެފައެވެ. މަތީ ތަޢުލީމާއި ވަޒީފާގެ ބާޒާރުގައި ބޭނުންވަނީ ހަމައެކަނި ފާހެއް ނޫނެވެ. އެއަށްވުރެ މަތީ ފެންވަރެއްގެ ހުނަރާއި ޤާބިލުކަމެވެ. އެހެންކަމުން، އިތުރު އެހީ ހޯދުމަކީ މިހާރު އިޚްތިޔާރީ ކަމަކަށްވުރެ ބޮޑަށް، ގިނަ ޢާއިލާތަކަށް މަޖުބޫރު ޒަރޫރީ ކަމަކަށް ވެއްޖެއެވެ.
ކަމާބެހޭ ފަރާތްތަކުން ކުރަންވީ ސުވާލަކީ ބެލެނިވެރިން ޓިއުޝަނަށް ފޮނުވާ ސަބަބާ މެދަކު ނޫނެވެ. ސުވާލު އުފައްދަންވީ، އިތުރު ކްލާސްތަކަށް ބެލެނިވެރިން ބަރޯސާވާންޖެހޭ މައިގަނޑު ސަބަބުތަކާ މެދުގައެވެ. ސްކޫލުގެ ރަސްމީ ވަގުތުގެ ތެރޭގައި ކޮންމެ ކުއްޖެއްގެ އުނގެނުމުގެ ބޭނުންތައް ފުރިހަމައަށް ފުއްދައިދެވޭނަމަ، ޓިއުޝަނަށް އޮންނަ ބޭނުންތެރިކަން އަމިއްލައަށް ކުޑަވާނެއެވެ.
އެހެންކަމުން، މި ބަހުސަކީ ޓިއުޝަން ހުއްޓުވުމުގެ ވާހަކައަކަށް ވުމުގެ ބަދަލުގައި، ސްކޫލުތަކުގެ ތަޢުލީމީ ފެންވަރު މަތިކޮށް، ދަރިންނަށްޓަކައި ބެލެނިވެރިން ކުރާ މަސައްކަތަށް އިޙްތިރާމްކުރާ ބަހުސަކަށް ވާންޖެހެއެވެ. ކޮންމެ ބެލެނިވެރިއެއްގެވެސް އޮތީ އެއް އުންމީދެކެވެ. އެއީ ދަރިފުޅަށް އުނގެނުމުގެ އެންމެ ފަހި ފުރުޞަތުތައް ހޯދައިދީ، ކާމިޔާބު މުސްތަޤްބަލެއް ބިނާކޮށްދިނުމެވެ.

SUI
ESP
ކިޔުންތެރިންގެ ހިޔާލު