ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ތެރެއިން ކާމިލު ދީދީ ސްކޫލުގައި ބޮޑު ހަމަނުޖެހުމެއް ހިންގައި، ދައުލަތުގެ މުދަލަށް ބޮޑެތި ގެއްލުންތަކެއް ދީފިއެވެ.
ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ދާއިރާތަކާއި ސްޓިއަރިންގ ކޮމިޓީތަކުގެ މަގާމުތަކަށް މެންބަރުން އިންތިޚާބު ކުރުމަށް އިއްޔެ ކުރިއަށް ގެންދިޔަ ވޯޓުލުމުގެ ތެރެއިން، ހުޅުމާލޭގެ ކާމިލު ދީދީ ސްކޫލުގައި ވަނީ ނުތަނަވަސްކަން އުފެދި ބޮޑު މާރާމާރީއެއް ހިނގާފައެވެ. މި ހަމަނުޖެހުން ހިނގާފައިވަނީ ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށިތައް ބަހައްޓާފައި ހުރި ސަރަހައްދުގައެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ގްރޫޕެއްގެ މެދުގައި އުފެދުނު ދެބަސްވުމެއް ބޮޑުވެ، އެކަކު އަނެކަކަށް އަތުންނާއި ފައިން ހަމަލާދީ މާރާމާރީ ހިންގާފައިވެއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި އެ ސަރަހައްދުގައި ހުރި ދައުލަތުގެ މުދަލަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އެގޮތުން ސްކޫލުގެ ހޯލަށް ވަންނަން ހުންނަ ބިއްލޫރި ދޮރުތައް ތަޅާލައި، ބޭނުންނުކުރެވޭ ވަރަށް ހަލާކުކޮށްލާފައިވާއިރު، އެތަނުގައި ހުރި ގޮނޑިތަކާއި އެހެނިހެން ތަކެތި އުކައި ބޮޑެތި ގެއްލުންތައް ދީފައިވެއެވެ.
މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، ކާމިލު ދީދީ ސްކޫލުގައި ހިނގި ހަމަނުޖެހުމުގެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. މަންޒަރު ދުށް މީހުން ބުނާ ގޮތުގައި، ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ފުލުހުން މަސައްކަތް ކުރި ނަމަވެސް، އެތަނުގައި ތިބި ބައެއް މީހުން ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ މަސްލަހަތު އިތުރަށް ގޯސްކުރުމަށް މަސައްކަތް ކޮށްފައެވެ.
މި ހަމަނުޖެހުން ހިނގި ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރެއްވީ، އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަ ކުރި މައްސަލައިގައި ސަސްޕެންޑް ކޮށްފައި ހުރުމަށްފަހު ދާދި ފަހުން އިސްތިއުފާ ދެއްވި މަލްޝާ ޝަރީފެވެ. ޕީއެންސީގެ ލީޑަރޝިޕްގެ ހާޒިރުގައި މި ފޮށީގެ ވޯޓު ގުނުން ކުރިއަށް ގެންގޮސްފައިވާއިރު، މިއަދުގެ އިންތިޚާބަކީ 2,500 އަށްވުރެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބު ކުރުމަށް ބޭއްވި ހަރަކާތެކެވެ.
ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގެ ތެރެއިން ދައުލަތުގެ މުދަލަށް ގެއްލުންދީ، މިފަދަ ބޮޑު މާރާމާރީއެއް ހިންގުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި މިއީ ޑިމޮކްރަސީގެ ރީތި އުސޫލުތަކާ މުޅިން ޚިލާފު، ދަށު ދަރަޖައިގެ އަމަލެކެވެ.

SUI
ކިޔުންތެރިންގެ ހިޔާލު