ނޯރވޭގެ ހާރލަންޑް  ހިފެހެއްޓުމަށް އިނގިރޭސި ޓީމު ކުޅުންތެރިން މަސައްކަތް ކުރަނީ
ނޯރވޭގެ ހާރލަންޑް ހިފެހެއްޓުމަށް އިނގިރޭސި ޓީމު ކުޅުންތެރިން މަސައްކަތް ކުރަނީ
މިއާމީގައި ކުޅެވުނު ފޯރިގަދަ ކުއާޓާ ފައިނަލް މެޗުގައި 2-1 އިން ނޯވޭ ބަލިކޮށް، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުން އިނގިރޭސިވިލާތް ޖާގަ ކަށަވަރުކޮށްފިއެވެ.

މެޗުގެ 36 ވަނަ މިނެޓުގައި އަންދްރެއަސް ޝެލްޑަރަޕް ކާމިޔާބުކުރި ލަނޑުން ނޯވޭއިން ފުރަތަމަ ލީޑު ނެގި ނަމަވެސް، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޖޫޑް ބެލިންހަމް ވަނީ އިނގިރޭސިންނަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.

މި ލަނޑު ޖެހުމުގެ ކުރިން ބޯޅަ ކެމެރާ ކޭބަލެއްގައި ޖެހުނު ކަމަށް ބުނެ ނޯވޭއިން ޝަކުވާ ކުރި ނަމަވެސް، ވީއޭއާރް ބެލުމަށްފަހު ފީފާއިން ނިންމީ ބޯޅަ އެއްވެސް އެއްޗެއްގައި ޖެހިފައިނުވާ ކަމަށެވެ.

ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ދެ ޓީމަށްވެސް ލިބުނެވެ.

ނޯވޭއިން ޖެހި ލަނޑެއް ފައުލަކާ ގުޅިގެން ބާތިލްކުރިއިރު، އާލިން ހާލަންޑް އަދި މާޓިން އޮޑެގާޑްގެ ހަމަލާތައް ހުއްޓުވުމުގައި އިނގިރޭސި ޑިފެންޑަރުން ވަނީ ވަރަށް ބުރަ މަސައްކަތެއް ކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށްޓަކައި ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ.

އިނގިރޭސިން މޮޅުވި ލަނޑު، މެޗުގެ 93 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަނެއްކާވެސް ބެލިންހަމްއެވެ.

އޭނާ މި ލަނޑު ޖެހީ ނޯވޭގެ ގޯލްކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެންނެވެ. މެޗުގެ ބާކީ ބައިގައި އިނގިރޭސިން ވަނީ ޑިފެންސް ވަރުގަދަކޮށް، ނޯވޭގެ ހަމަލާތައް ހުއްޓުވައި މޮޅުވުން ކަށަވަރުކޮށްފައެވެ.

ސެމީ ފައިނަލުގައި އިނގިރޭސިވިލާތް ބައްދަލުކުރަން ޖެހޭނީ އާޖެންޓީނާ އާއި ސްވިޒަލޭންޑް ކުޅެގެން މޮޅުވާ ޓީމަކާއެވެ. މި މުބާރާތުގެ ގަދަ 16 ގައި އައިވަރީ ކޯސްޓާއި ބްރެޒިލް ފަދަ ވަރުގަދަ ޓީމުތައް ބަލިކުރުމަށްފަހު، ނޯވޭ މުބާރާތުން ވަކިވާން ޖެހުނީ ވަރަށް އުންމީދީ ކުޅުމެއް ދެއްކުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު