ރާއްޖޭގެ ބާޒާރުގައި ފުޅާދާއިރާއެއްގައި ކާބޯތަކެތި އެތެރެކޮށް މާކެޓް ކުރަމުންދާ މަޑިހާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ "އުފަންވެލި" ފިހާރަތަކުން، ކަސްޓަމަރުންނަށް ވަރަށް ޚާއްޞަ ތިން ދުވަހުގެ ޕްރޮމޯޝަނެއް މިއަދު ފަށައިފިއެވެ.

މާލެ އާއި ހުޅުމާލޭގައި ހުންނަ އުފަންވެލި ފިހާރައިގެ ހުރިހާ އައުޓްލެޓްތަކެއްގައި ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށްދާނީ މިއަދުން ފެށިގެން ޖުލައި 11 ވާ ހޮނިހިރު ދުވަހުގެ ނިޔަލަށެވެ. މި މުއްދަތުގެ ތެރޭގައި ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން ދިރިއުޅުމަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި ކަސްޓަމަރުންނަށް ވަރަށް ޚާއްޞަ އަގުތަކެއްގައި ލިބެން ހުންނާނެއެވެ.

ތިން ދުވަހުގެ މި ޕްރޮމޯޝަނުގައި އަގުހެޔޮކޮށް ލިބެން ހުންނަ ބައެއް ތަކެތީގެ ތެރޭގައި ތާޒާ އޮރެންޖާއި، ލުނބޮއާއި، ކާއްޓާއި، އާފަލާއި، ސްނޭހާ ބްރޭންޑުގެ ކުކުޅުގެ އެކި ބާވަތްތަކުގެ އިތުރުން، ފިޔާ، އަލުވި އަދި ތަފާތު ގިނަ ބާވަތްތަކުގެ ތާޒާ މޭވާއާއި ތަރުކާރީ ހިމެނެއެވެ. މީގެ އިތުރުން ވެސް ކާބޯތަކެތީގެ ގިނަ ބާވަތްތަކަކުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

މަޑިހާ ކުންފުނިން ހާމަކުރި ގޮތުގައި، މި ޕްރޮމޯޝަނަކީ ފެންވަރު ރަނގަޅު ކާބޯތަކެތި އަގުހެޔޮކޮށް ފޯރުކޮށްދިނުމަށާއި، އާއިލާތަކުގެ ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް އެހީތެރިވެދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ. މިކަމާ ގުޅޭގޮތުން ކުންފުނީގެ އިސް އޮފިޝަލަކު ވިދާޅުވީ، އުފަންވެލި ފިހާރަތަކުގެ އެންމެ ބޮޑު އިސްކަމަކީ އަބަދުވެސް ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތް ކަމަށެވެ. އަދި މި ޚާއްޞަ ޕްރޮމޯޝަނުގެ ސަބަބުން ލިބޭ މަންފާ ސީދާ ރައްޔިތުންނަށް ފޯރުކޮށްދެވޭތީ އުފާކުރާ ކަމަށާއި، ހުރިހާ ފިހާރަތަކަށް ޒިޔާރަތްކޮށް މި ހެޔޮ އަގުތަކުގެ ބޭނުން ހިފުމަށް އެންމެހާ ބޭފުޅުންނަށް ދަޢުވަތު އަރުވާ ކަމަށް އެ ކުންފުނިން ހާމަކުރިއެވެ.

ވޭތުވެދިޔަ އަހަރުތަކުގައި އުފަންވެލި ފިހާރަތަކުން ވަނީ ފެންވަރު ރަނގަޅު ކާބޯތަކެއްޗާއި، ތާޒާ މޭވާއާއި ތަރުކާރީގެ އިތުރުން، އެންމެ މަތީ ފެންވަރުގެ މަހުގެ ބާވަތްތަކާއި ގަނޑުކުރި ކާނާ އަދި ގޭތެރެއަށް ބޭނުންވާ ޒަރޫރީ ތަކެތި ހެޔޮ އަގުގައި ފޯރުކޮށްދީ ކަސްޓަމަރުންގެ ބޮޑު އިތުބާރެއް ހޯދާފައެވެ.

ކުންފުނިން ބާރުއަޅަނީ ޖުލައި 11 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ވީހާވެސް ގިނަ ކަސްޓަމަރުން ބައިވެރިވެ، ސްޓޮކް ހުސްވުމުގެ ކުރިން މި ޚާއްޞަ ފުރުޞަތުގެ ފައިދާ ހޯދުމަށެވެ. މާލެ އާއި ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ހުރި އުފަންވެލި ފިހާރަތަކުން ކަސްޓަމަރުންނަށް



ކިޔުންތެރިންގެ ހިޔާލު