ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި-
ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތި-
ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފިއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ 18 ޖޫން 2026 ގައި ކަސްޓަމްސްއިން ކުރިއަށް ގެންދިޔަ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިންނެވެ. ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، ޝައްކު ކުރެވޭ ޕާރުސަލްތަކެއް ބަލައި ފާސްކުރުމުގެ ތެރޭގައި ފެނުނު މި ތަކެތީގެ ބަރުދަނުގައި ޖުމްލަ 3,610 ގްރާމް (3.6 ކިލޯއަށްވުރެ ގިނަ) ހުއްޓެވެ.

މި ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯން އަށް ވަނީ ޕޮޒިޓިވް ވެފައެވެ. ކަސްޓަމްސްއިން އަންދާޒާ ކުރާ ގޮތުގައި މި ތަކެތީގެ މަގުމަތީ އަގު 5 މިލިއަން ދިވެހި ރުފިޔާއަށް ވުރެ ބޮޑުވާނެއެވެ.

މައްސަލައިގެ އިތުރު ތަހުގީގު ކުރިއަށް ގެންދިއުމަށްޓަކައި، އަތުލައިގަނެވުނު ހުރިހާ ތަކެތި މިހާރު ވަނީ މޯލްޑިވްސް ޕޮލިސް ސާވިސްއާ ހަވާލުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު