ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް ފުލެޓެއްގެ ކަރަންޓު ފޮށިތަކަށް ގެއްލުންދީ، އޭގެއިން ވައްކަން ކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުންގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫ، ލުކިންގްލާސް، ނަސްރުﷲ ޝަކީލު ހުސައިން (38އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ ޖުލައި މަހުގެ 7 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ.
މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފުލެޓް 9 އެއްގައެވެ. އެ ފުލެޓުގެ ދެވަނަ ފަންގިފިލާގައި ހުރި ކަރަންޓު ފޮށިތަކަށް ގެއްލުންދީފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ.
މި މައްސަލަ ހުށަހެޅުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް ބެލިބެލުމުން، ކަރަންޓު ފޮށިތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. އެގޮތުން ކަރަންޓު ފޮށިތަކުގެ އާތު ނަރުތައް ބުރިކޮށް، އޭގައި ހުރި ކޮޕަރ ފޮތިތައް ވަގަށް ނަގާފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.
ހައްޔަރުކުރެވުނު ނަސްރުﷲ ޝަކީލުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ މިންވަރަށް ހެކި ހުރުމާއެކު، 15 ދުވަހުގެ މުއްދަތަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން މިހާރު ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު