ޔުނައިޓެޑް ނޭޝަންސް އިންޓަރނޭޝަނަލް ޗިލްޑްރަންސް އެމަޖެންސީ ފަންޑް (ޔުނިސެފް) އިން ރާއްޖެއަށް 28,000 މީސަލްސް ރުބެއްލާ (އެމްއާރް) ވެކްސިން ޑޯޒާއި ސިއްޙީ ބައެއް ސާމާނު މިއަދު ހަދިޔާކޮށްފިއެވެ.
ހެލްތު މިނިސްޓްރީން މިއަދު ބުނީ، މި ތަކެތި ހަދިޔާކުރުމަށްޓަކައި ސިއްޙީ ވުޒާރާގައި ޚާއްސަ ރަސްމިއްޔާތެއް ބާއްވާފައިވާ ކަމަށެވެ. އެގޮތުން ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތް މިނިސްޓަރު ގީލާ އަލީއެވެ. ޔުނިސެފްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްއިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ޑރ. އެޑްވާޑް އަޑާއީއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ގީލާ އަލީ ވިދާޅުވީ، ޔުނިސެފުން ވެދެއްވި މި ދީލަތި އެހީއަކީ ރާއްޖޭގައި މިހާރު ފެތުރެމުންދާ މީސަލްސާއި ދެކޮޅަށް ކުރާ މަސައްކަތުގައި ލިބުނު ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ. އަދި މީސަލްސް ރުބެއްލާ ވެކްސިނާއި އެއާ ގުޅޭ ސާމާނަކީ މި ބަލިމަޑުކަމުން ރައްކާތެރިވުމަށް ލިބުނު އެންމެ ވަރުގަދަ ހަތިޔާރު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ޔުނިސެފުން ރާއްޖެއަށް 28000 ޑޯޒް ވެކްސިން ހަދިޔާ ކޮށްފައިވާއިރު، ދާދިފަހުން އިންޑިއާ ސަރުކާރުންވެސް ވަނީ 20،000 ޑޯޒުގެ މީސަލްސް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖޭގައި ޖުމްލަ 121 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފައެވެ. މީގެ ތެރެއިން 55 މީހަކަށް ބަލި ޖެހިފައިވަނީ ހަމައެކަނި މިދިޔަ ހަފުތާގެ ތެރޭގައެވެ. ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ދަނީ ކޮންޓެކްޓް ޓްރޭސިންގ ހެދުމާއި، ލެބޯޓްރީ ޓެސްޓްތައް އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.
ހިމަބިއްސަށް ވެކްސިން ދިނުމުގެ މަސައްކަތުގެ ދަށުން މިހާތަނަށް 5،495 މީހުންނަށް ވެކްސިން ދީފައިވާކަމަށް ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފައިވެއެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު