ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ފުރަތަމަ ފަހަރަށް ލެވެލް 2 ގެ ފޮރެންސިކް މެޑިކަލް ޔުނިޓެއް ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކަމާގުޅޭ އިދާރާތަކާ ގުޅިގެން ފަށާފައިވާ ކަމަށް ހެލްތު މިނިސްޓަރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ގީލާ ވިދާޅުވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސް އިން އިސްނަގައިގެން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން ގާއިމްކުރާ ޔުނިޓުގެ ސަބަބުން، މާލެ ސަރަހައްދުގެ އިތުރުން މުޅި ރާއްޖެއަށް ބޭނުންވާ ކްލިނިކަލް ފޮރެންސިކް ހިދުމަތްތަކާއި މެޑިކޯ ލީގަލް ޕޯސްޓްމޯޓަމްގެ ހިދުމަތްތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ލިބިގެންދާނެ ކަމަށެވެ.
"މި ޔުނިޓުން ފޯރުކޮށްދޭނެ މައިގަނޑު ހިދުމަތްތަކުގެ ތެރޭގައި ޝަރުއީގޮތުން ބަލަންޖެހޭ މަރުގެ މައްސަލަތަކުގައި މަރުވި ސަބަބު ދެނެގަތުމަށް ހަށިގަނޑު ތަހުލީލު ކުރުމާ ޖިންސީ އަދި ޖިސްމާނީ ގޯނާގެ މައްސަލަތައް ތަހުލީލުކުރުން ހިމެނޭ،" މަޝްރޫއުގެ ތަފްސީލު ދެއްވަމުން ގީލާ ވިދާޅުވިއެވެ. މީގެ އިތުރުން ބަންދުގައި ތިބޭ މީހުންނަށް ކުރާ އަނިޔާތަކާއި، އިންޝުއަރެންސް ބޭނުންތަކަށް އަނިޔާގެ މިންވަރު ވަޒަންކުރުމުގެ ހިދުމަތްވެސް މި ޔުނިޓުން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.
މިނިސްޓަރު ގީލާ ވިދާޅުވި ގޮތުގައި މި މަސައްކަތަށް ބޭނުންވާ ބަޖެޓާއި ބިން މިހާރު ވަނީ ކަނޑައެޅިފައެވެ. އަދި ޕޯސްޓްމޯޓަމް ފަދަ ހައްސާސް ހިދުމަތެއް ރާއްޖޭގައި ފަށާއިރު، އެކަމަށް ބޭނުންވާ ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމުގެ ގޮތުން "ފޮރެންސިކް ޕެތޮލޮޖީގެ ހިދުމަތް ދިނުމުގެ ގަވާއިދު" މިހާރު އޮތީ ގެޒެޓްކުރުމުގެ މަރުހަލާގައެވެ.
ރާއްޖޭގައި މިހާތަނަށް ޕޯސްޓްމޯޓަމް ހަދަމުން އައީ ރާއްޖޭން ބޭރަށް ހަށިގަނޑު ފޮނުވައިގެންނެވެ. ފާއިތުވި 10 އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު 23 ހަށިގަނޑެއް ބޭރަށް ފޮނުވާފައިވާއިރު، އިންޑިއާގެ ޓްރިވެންޑްރަމުން މި ހިދުމަތް ހޯދުމަށް ކޮންމެ ހަށިގަނޑަކަށް ގާތްގަނޑަކަށް 55،000 ރުފިޔާ ހޭދަވާ ކަމަށް ގީލާ މައުލޫމާތު ދެއްވިއެވެ.
މި ސަރުކާރުގެ އަމާޒަކީ މި ހިދުމަތް ރާއްޖޭގައި ގާއިމްކޮށް، ރައްޔިތުންގެ އިތުބާރު ލިބިފައިވާ، ފެންވަރު ރަނގަޅު ވަސީލަތްތަކާއެކު ދެމެހެއްޓެނިވި ގޮތެއްގައި މި ހިދުމަތް ފޯރުކޮށްދިނުން ކަމަށް ގީލާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ހިދުމަތުގެ ފެންވަރު ހިފަހައްޓާނެ މިންގަނޑުތަކާއި ގައިޑްލައިންތައް މިހާރު ވަނީ ޝާއިއުކޮށްފައެވެ.

COL
MAR
BEL
ކިޔުންތެރިންގެ ހިޔާލު